twitterviber whatsapp telegramfacebookyoutube instagram
20th July 2026

މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ

އަބްދުލް ވާހިދު ޙަސަން
Apr 18, 2020
5

ލޯޑް ބޮޑުވެ ޓެމްޕަރޭޗާރ މަތިވެގެން މުޅި ކުޅުދުއްފުށިން ކަރަންޓު ކެނޑިއްޖެ އެވެ. ލޯޑް ބޮޑުވާތީ ކަރަންޓް ކަނޑާތާ މިހާރު ވަނީ ހަފްތާއެއްވެފައިވެ އެވެ. އެކަމަކު މިއަދު މިއީ މުޅި ރަށުން ކަރަންޓް އެކޮށް ކެނޑުނު ދުވަހެވެ.

ކުޅުދުއްފުއްޓަށް ކަރަންޓު ދިނުމަށް މިހާރުވެސް 6 ޖަނަރޭޓާރު ހުރެއެވެ. އެއީ 1 މެގަ ވޯޓުގެ 3 ޖަނަރޭޓަރު ސެޓާ، 800 ކޮލޯ ވޯޓުގެ 3 ޖަނަރޭޓަރެވެ.

ކުޅުދުއްފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް މިއަހަރު ސަރުކާރުން ވަނީ ގިނަ ކަންތައްތަކެއް ރާވާފައިވެ އެވެ. އެގޮތުން ތިން މެޖަ ވޯޓްގެ ޖަނަރޭޓަރު މިއަހަރު ކުޅުދުއްފުއްޓަށް ވަނީ ގެނައުމަށް ހަމަޖެހިފައި އެވެ.

އަދި މީގެ އިތުރުން އިންޖީނުގެ ހެދުމަށްވެސް ވަނީ ނިންމާފަ އެވެ. ކުޅުދުއްފުށީގައި ދުވަހެއް ދުވަހަކަށް ކަރަންޓް ބޭނުންކުރާ މިންވަރު މަތިވަމުންދިޔުމުގެ ސަބަބުން ލޯޑްމަތިވެ ކަރަންޓް ކެނޑޭ މައްސަލަތައް ވަނީ އިތުރުވެފައި އެވެ.

އެހެންވުމުގެ ސަބަބުން އިލެކްޓޯނިކްސް ސާމާނު ހަލާކުވާކަމުގެ ޝަކުވާ އާންމު ދަނީ ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355