twitterviber whatsapp telegramfacebookyoutube instagram
19th April 2024

ސަތޭކަ ފިހާރައިން އޮންލައިންކޮށް ވިޔަފާރިކުރެވޭނެ

ނަބީލާ އިސްމާޢީލް
Apr 18, 2020

ކޮވިޑް-19 އާ ގުޅިގެން ކުޅުދުއްފުށި "ސަތޭކަ" ފިހާރައިން އޮންލައިންކޮށް ވިޔަފާރީގެ އެންމެހާ ހިދުމަތްތައް ލިބޭނެ ކަމަށް އެ ފިހާރައިން ބުނެފި އެވެ.

ސަތޭކަ ފިހާރައިން ކުރި އިއުލާނުގައި ބުނީ ދުނިޔެ އަށް ދިމާވެފައިވާ ކޮވިޑް-19 ގެ ހާލަތަށް ހެޔޮބަދަލެއް އަންނަންދެން މިއަދުން ފެށިގެން ސަތޭކަ ފިހާރައިން ދެމުންގެންދާ ވިޔަފާރީގެ އެންމެހާ ހިދުމަތްތައް ވައިބަރ ގުރޫޕާއި ވައިބަރ ނަންބަރު މެދުވެރިކޮށް ހިލޭ ޑެލިވަރީއާއެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

އެ ފިހާރައިން މި ގޮތަށް ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާތެރި ބަލިމަޑުކަމާއެކު ދުނިޔޭގެ އެކި ގައުމުތަކުގައި ދިމާވެފައިވާބިރުވެރި ހާލަތާއި ގުޅިގެން، ކަމާއި ބެހޭ ފަރާތް ތަކުގެ އިރުޝާދުތަކަށާއި ރާއްޖޭގައި މި ނުރައްކާތެރި ބަލި ފެތުރެމުންދާ ބާރު މިނަށް ބާލާއިރު އެއްވެއުޅޭ އުޅޭ ގޮތަށް އެއްވެސް ކަމެއް މުޖުތަމައު ތެރޭގައި އިންތިޒާމުވެފަ އޮތުމަކީ ރައްކާތެރިކަމެއް ކަމަށް ނުދެކޭތީ ކަމަށެވެ.

އެ ފިހާރައިން ޑެލިވަރީ ކޮށްދޭ ގަޑިއަކީ 09:00 ން 21:30 އަށެވެ. ވައިބަރ ނަންބަރަކީ 7929933 އެވެ. ސަތޭކަ ފިހާރައިން އޮންލައިނުކޮށް މުދާ ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމާއެކު ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ވަނީ އެކަމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވާފަ އެވެ.

މާލޭގައި މި ވައިރަސް ފެތުރެން ފެށުމުން އެންމެ ރިސްކް ބޮޑުއެއް ރަށަކީ ކުޅުދުއްފުއްޓެވެ. ސަބަބަކީ މާލެއިން ދަތުރުކުރުމާއި މުދާ އުފުލުމުގައި މުޅި މި ސަރަހައްދުގައި ކުޅުދުއްފުށީގެ ބޯޓްތަކަށް ބަރޯސާވެފަ އޮތުމާ މިދިޔަ ހަފްތާއެއްހާ ދުވަހު ކަނޑުމަގުންނާއި ވައިގެ މަގުން މާލެއިން ކުޅުދުއްފުއްޓަށް ގިނަ ބަޔަކު އަރާފައިވާތީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355