twitterviber whatsapp telegramfacebookyoutube instagram
3rd January 2026

އާދިއްތަ އަދި ހޯމަ ދުވަހު ބޭންކުތައް ހުޅުވަނީ

ޚަދީޖާ އާދަމް
Apr 18, 2020

ލޮކް ޑައުން އިއުލާން ކޮށްފައިވީނަމަވެސް މާދަމާ އާއި ހޯމަ ދުވަހު އަސާސީ ހިދުމަތްދިނުމަށްޓަކައި ބޭންކްތައް ހުޅުވަން ނިންމައިފި އެވެ.

އެމްއެމްއޭ އިން ބުނީ މި ދުވަސްތަކުގައި ވަކިވަކި ފަރުދުންނަށް ހިދުމަތް ފޯރުކޮށް ނުދޭނެ ކަމަށާއި އެ ދެދުވަހު މުސާރަ ރިކުއެސްޓްކުރުމާއި، ޓީޓީ ރިކުއެސްޓް ހުށަހެޅޭނެކަމަށެވެ.

މީގެއިތުރުން ބޭރަށް ފައިސާ ފޮނުވުމަށް ރިކުއެސްޓްކުރުމާއި، ލެޓާޒް އޮފް ކްރެޓިޑްވެސް ބަލައިގަންނާނެކަމަށް އެމްއެމްއޭ އިން ވަނީ ބުނެފަ އެވެ.

މަރުކަޒީ ބެންކް އެމްއެމްއޭ އިން ބުނީ މާދަމާ އާއި ހޯމަ ދުވަހު ހެނދުނު 9:00 އިން މެންދުރު 12:30 އަށް އެމްއެމްއޭ ހުޅުވާފައި ހުންނާނެ ކަމަށާއި މި ދެދުވަހު ބޭންކް އޮފް މޯލްޑިވްސް އާއި ރާއްޖޭގައި ހިންގާ އެހެނިހެން ބޭންކްތަކުންވެސް އެކި އެކި ގަޑިތަކުގައި ހިދުމަތް ލިބޭނެ ކަމަށެވެ.

މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމަޔަށް މާލެއިން 15 މީހަކު ކޮވިޑް-19 ވަނީ ޕޮސިޓިވް ވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355