twitterviber whatsapp telegramfacebookyoutube instagram
25th September 2026

ހަނިމާދޫގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަން ބަންދުކުރަން ނިންމައިފި

ނަބީލާ އިސްމާޢީލް
Apr 20, 2020

ހދ. ހަނިމާދޫގެ ހޮޓާ، ރެސްޓޯރެންޓް އަދި ކެފޭތައް ބަންދު ކުރުމަށް އެރަށު ކައުންސިލުން ނިންމައިފި އެވެ.

ހަނިމާދޫ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ މިމަހު 22 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ވަކި ގޮތެއް އަންގަންދެން އެރަށުގެ ހުރިހާ ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ހިދުމަތް ދިނުން މެދުކަނޑާލައި ހަމައެކަނި ޑެލިވަރީ ކުރުމުގެ ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށް ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނަށް އަންގާ ކަމަށެވެ.

އެ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 41 ވަނަ މައްދާގެ ށ އަދި ނ ގެ ދަށުން ކައުންސިލްތަކަށް ލިބިގެންވާ ބާރުގެ ދަށުންނެވެ.

ހަނިމާދޫ ކައުންސިލުގެ ބަޔާނުގައި ވަނީ އެ ސަރަހައްދުގައި ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ ކޮންޓެކްޓް ވެފައިވާ ގިނަ ބަޔަކު ތިބުމާއި އެ ރަށުގައި ވެސް ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މީހުން ކަރަންޓީނު ކުރެވިފައި ވާތީ އެވެ.

އަދި މީހުން އެއްވާ ތަންތައް ބަންދުކޮށް ރަށު ތެރެއާއި ރަށަށް ލަފާ ފުރާ މީހުން ބެލެހެއްޓުމުގެ މަސައްކަތް ހުރިހާ ވަގުތު ތަކެއްގައި ކުރަމުން ގެންދިއުމުގެ އިތުރަށް ރައްޔިތުން ވީހާ ގިނަ ވަގުތު ތަކުގައި ގޭގައި މަޑުކުރުމަށް އަންގާ ކައުންސިލުން ވަނީ ނަސޭހަތްތެރިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293