twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްގެ ސަބަބުން އިސްލާމްވި ޖަޕާނުގެ ސައިންޓިސްޓެއްގެ ވާހަކަ

އަހުމަދު ހާމީ
Apr 24, 2020
3

އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހުން ނުވަތަ "އެތީސްޓުން" ޤަބޫލުކުރާ ގޮތުގައި ދުނިޔެއާ ދުނިޔޭގައިވާހާ އެއްޗެއް ހެއްދެވީ އިލާހީ އެއްވެސް ބާރެއްނެތި އެވެ. އެމީހުންގެ ނަޒަރުގައި ހުރިހާ އެއްޗަކީވެސް ސައިންސެވެ. ސައިންސް އިން ސާބިތުކޮށްނުދެވޭ އެއްވެސް ކަމެއް އެމީހުން ޤަބޫލެއް ނުކުރެއެވެ. އިންސާނުންނަށް އެކަންކަމުގެ ޢިލްމު ނޭނގޭ ކަންކަން ވަކީން ޚާއްސަކޮށް އެމީހުން ޤަބޫލެއް ނުކުރެއެވެ.

ޖަޕާނުގެ ސައިންޓިސްޓެއް ކަމަށްވާ ޑރ. އަޓްސުޝި ކަމާލް އޮކޫޑާ އަކީވެސް ކުރިން އެއްވެސް ދީނެއް ޤަބޫލު ނުކުރާ މީހެކެވެ. ޖަޕާނުގެ ކެއިއޯ ޔުނިވަރސިޓީގެ މި ޕްރޮފެސަރ އިސްލާމް ދީނުގެ ހިމާޔަތް ލިބުމަށް މެދުވެރިވީ ކީރިތި ޤުރުއާނުގެ އެންމެ އާޔަތެކެވެ. އާއެކެވެ. 6236 އާޔަތް ހިމެނޭ ކީރިތި ޤުރުއާނުގެ އެންމެ އާޔަތެއްގެ ސަބަބުންނެވެ.

ޑރ. އޮކޫޑާ ހާމަކުރެއްވި ގޮތުގައި އިސްލާމް ވުމުގެ ކުރިން އޭނާވީ ދުނިޔޭގެ ދިރިއުޅުމާ، އެ ދިރިއުޅުމުގެ ހަގީގީ މަޤްސަދު ނޭނގޭ މީހެއްގެ ގޮތައެވެ. ދުނިޔޭގެ ދިރިއުޅުމުގެ ހަގީގީ މަޤްސަދު އެނގުމަށް ޑރ. އޮކޫޑާ ބޭނުންވިއެވެ. އެދަތުރުގައި ތަފާތު އެކި ދީންތަކުގެ ފޮތްތައް ކިޔަވައި ހޯދުންތައް ހޯދިއެވެ. މިގޮތުން އިސްލާމް ދީން ވެސް ރަނގަޅަށް ދަސްކޮށް ކިޔަވާން ފެށިއެވެ. ކޮލެޖުގައި އުޅުމުގެ ތެރޭގައި ރިސަރޗް ޕޭޕަރެއްގައިވާ ޤުރުއާނުގެ އާޔަތެއް ފެނި އެ އާޔަތާމެދު ވަރަށް ވިސްނާލެވުނެވެ. އެއީ ކީރިތި ޤުރުއާނުގެ ސޫރަތުލް ޙިޖުރިގެ 26 ވަނަ އާޔަތެވެ. އެ އާޔަތުގައިވަނީ މާތްﷲ އިންސާނާ ހެއްދެވި ގޮތުގެ ވާހަކައެވެ.

މިއާޔަތަށް ވިސްނާ ފިކުރުކޮށް، އެވަގުތުން ފެށިގެން ޑރ. އޮކޫޑާ އިސްލާމް ދީން ޤަބޫލްކޮށް މުސްލިމަކަށްވިއެވެ. ޑރ. އޮކޫޑާ ބުނާގޮތުގައި މިދުނިޔެމަތީގައި މާތްﷲ އޭނާއަށް ދެއްވި އެންމެ އަގުބޮޑު ހަދިޔާއަކީ އެއީއެވެ. އިސްލާމް ދީނުގެ ހިދާޔަތެވެ. މިދީނުގެ ފުރިހަމަ ހިދާޔަތް ލިބުމުން ހިތަށް ވަރަށްބޮޑު ލުޔެއް ލިބި ދިރިއުޅުމަށް ހަމަޖެހުން އައިސްފައިވާކަމަށް އޭނާ ބުނެފައިވެއެވެ. މިއަދު ޑރ. އޮކޫޑާ އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަޤްބޫލް ބޭފުޅެކެވެ. ޖަޕާނުގައި އިސްލާމް ދީނުގެ ތެދު މަޢްލޫމާތު މީހުންނަށް ފޯރުކޮށްދިނުމަށް ވަރަށްބޮޑެތި މަސައްކަތްތަކެއް އޭނާ އަންނަނީ މިހާރު ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355