ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފިއެެވެ.
ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވާ މިއަދު ނެރެފައިވާ ގަރާރުގައި ބުނެފައިވަނީ މާޗް މަހުގެ 12 ވަނަ ދުވަހު އިއުލާނުކުރި އާންމު ސިއްހަތުޔެ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އެބައޮތް ކަމަށާ އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް އިރުޝާދު ދެއްވާފައިވާ ކަމަށެވެ.
އެހެންކަމުން މުޅި ރާއްޖެއަށް އިއުލާނުކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 12 މާޗް އިން ފެށިގެން މެއިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދަމަހަައްޓަން ނިންމާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
އަދި ދުނޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އައުމާއެކު ކޮވިޑް-19 އަކީ "ޕެންޑަމިކް" އެއްގެ ގޮތުގައި އޭޕްރިލް 11 ވަނަ ދުވަހު ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކަނޑައަޅާފައިވާ ކަމަށާއި ކޮވިޑް-19 ގެ ނުރައްކާ ދިވެހިރާއްޖެއަށްވެސް އޮތުމާއެކު އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ ދަށުން ހެލްތް މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު 30 އޭޕްރީލްއާ ހަމައަށް ދަމަހައްޓަން 10 އޭޕްރީލް ވަނަ ދުވަހު ނިންމި ކަމަށް ވަނީ ވިދަޅުވެފައެވެ.
މީގެ އިތުުރުން، މާލެ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ލޮކްޑައުންގެ މުއްދަތުވެސް އިތުރު 14 ދުވަހަށް ދިގު ދަންމާލުމަށް ސަރުކާރުން ވަނީ ނިންމާފަފައެވެ.