twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ރެސިޕީ: ރަވާ ބޯކިބާ

ނަބީލާ އިސްމާޢީލް
May 13, 2020

ބޭނުންވާ ތަކެތި:

  • 1 ޖޯޑު ރަވާ (ސެމޮލީނާ)
  • 4 ޖޯޑު ފެން
  • ½ ޖޯޑު ގެރިކިރު
  • 6 މޭޒުމަތީ ސަމުސާ ހަކުރު
  • ½ ސައި ސަމުސާ ފޮނިތޮށި، ކާފޫރުތޮޅި (މުގުުރި)
  • 1 ފިޔާ އާދައިގެ (ބޭނުން ނަމަ)
  • 1 މޭޒުމަތީ ސަމުސާ ގިތެޔޮ ( ބޭނުން ނަމަ)
  • ރޯސް އެސެންސް

ތެއްޔަށް ރަވާކޮޅު އަޅައިފައި މަޑުގިނީގައި ކުޑަކޮށް ހަނާކޮށްލާށެވެ. ހަނާވާ ވަސްދުވަން ފެށީމައި ފެން އަޅާފައި އެއްކުރަމުން ހަކުރާއި ގެރިކިރު އަޅާފައި، ގަނޑުފިލާ ރީތިކޮށް އޮލަވީމަ ރޯސް އެސެންސް، ކާފޫރުތޮޅި، ފޮނިތޮށި އަޅާފައި ތަބަކެއްގައި ފަތުރާލާށެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293