twitterviber whatsapp telegramfacebookyoutube instagram
30th April 2024

ރެސިޕީ: ޓާކޯ

Apr 8, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާތަކެތި:

3 މޭޒުމަތީ ސަމްސާ އޮލިވް އޮއިލް
4 ބޯންލެސް ޗިކަން ބްރެސްޓް (1 އިންޗި ދިގުމިނަށް ކޮށާފައި)
2 ސައިސަމްސާ މުގުރި މިރުސް
2 ސައިސަމްސާ ދިރި (މުގުރާފައި)
½ ސައިސަމްސާ ގާލިކް ޕައުޑަރ
¼ މޭޒުމަތީ ސަމްސާ މިރުސް
½ ސައިސަމްސާ މުގުރި އަސޭމިރުސް
8 ޓޯޓިލާ (ރޮށި)

ޓޮޕިންއަށް ބޭނުންވާ ތަކެތި:

ސަވަރ ކްރީމް
ފިޔާ (ތުނިކޮށް ކޮށާފައި)
ޓޮމާޓޯ (ކިއުބްކޮށް ކޮށާފައި)
ޗެޑަރ ޗީޒް
ލުނބޯ ފަޅިކޮށްފައި

ޓާކޯ ތައްޔާރުކުރާނެ ގޮތް:

ތެޔޮފޮދު ތަވަޔަށް އެޅުމަށްފަހު މަޑުގިނީގައި އުނދުން ޖައްސާށެވެ. އަދި ލޮނާއި އަސޭމިރުސް ކުކުޅުކޮޅުގައި ރަނގަޅަށް ހޭކޭނެހެން އެއްކޮށްލައި ތަވަލުގެ ތެރެއަށް އަޅާށެވެ. އަދި 6 މިނެޓު ވަންދެން ނުވަތަ ކުކުޅުކޮޅު ރޯފިލައި މަޑު މުށިކުލައެއް އަރަންދެން ކައްކާށެވެ. ދެން ބާކީ ހުރި ހަވާދުގެ ބާވަތްތައް އަޅައި މިނެޓެއް ވަރު ވަންދެން އެއްކުރާށެވެ. ތަވާގެ ފުލުގައި ތަތްލަވާނަމަ، އިތުރަށް ތެޔޮފޮދެއް ޖައްސާލާށެވެ.

ދެން ޓޯޓިލާތައް ނަގައި ކުކުޅު ކޮޅާއި ބޭނުންވާ ޓޮޕިންގތައް އެއަށް އަޅާށެވެ. އަދި ސާވް ކުރާއިރު ލުނބޯހުތްކޮޅެއް ޖެއްސުމަށް ކޮށާފައި ހުރި ލުނބޮލާއިއެކު ސާވްކުރާށެވެ.

މިރެސިޕީގައިވާ ޓޯޓިލާ ގަނެވިދާނެއެވެ. ނުވަތަ ގޭގައިވެސް ތައްޔާރު ކުރެވިދާނެއެވެ. ތިރީގައި އެވަނީ އާދައިގެ ފުށުން ޓޯޓިލާ ތައްޔާރު ކުރާނެގޮތެވެ.

ޓޯޓިލާ ހެދުމަށް ބޭނުންވާ ތަކެތި:

3 ޖޯޑު ފުށް
1 މޭޒުމަތީ ސަމްސާ ލޮނު
1 ސައިސަމްސާ ބޭކިންގ ޕައިޑަރ
3/1 ޖޯޑު ތެޔޮ
1 ޖޯޑު ހޫނުފެން

ޓޯޓިލާ ތައްޔާރު ކުރާނެގޮތް:

ފުށްގަނޑު މޮޑުމަށް ފުށާއި ލޮނު އަދި ބޭކިން ޕައުޑަރކޮޅު ފުށް މޮޑޭ ތައްޓަށް އަޅައި އެއްކޮށްލާށެވެ. އަދި ތެލާއި ހޫނު ފެން އެޅުމަށްފަހު އާއްމުކޮށް ފުށް މޮޑޭގޮތަށް ފުށް މޮޑޭށެވެ. ދެން އެއަށްފަހު ފުށްގަނޑު ފޯލިހެން އަތުން ރޯލްކޮށްލައި 16 ބަޔަށް ގުޅަ ކަނޑާށެވެ. އަދި ގުޅަ ވަށާލާށެވެ. އެއަށްފަހު މަތިޖެހި ތަށްޓަކަށް އަޅައި 15 ވަރަކަށް މިނެޓު ވަންދެން ބަހައްޓާށެވެ.

ދެން 6 އިންޗި ދިގު ރޮށި ދަމާށެވެ. މިގޮތަށް ރޮށި ދަމާއިރު އެހައި ތުނި ނުކުރާށެވެ. ދެން އާއްމުކޮށް ރޮށި ފިހާ ގޮތަށް ރޮށިތައް ފިހެލާށެވެ. ޓާކޯ ޝެލް ތައްޔާރުކުރުމަށް އަވަން 375 ޑިގްރީއަށް ޕްރީ ހީޓްއަށް ލާށެވެ. ދެން ރޮށިތަގުގެ ދެފަރާތުގައި ތެޔޮ ހާކާށެވެ. އަދި އަވަނާއިއެކު ލިބިފައިވާ މަސްފިހާ ދަގަނޑު ރެކްގައި ދޭދިދޭއްޗަށް ނުޖެހޭނެހެން (ރޮށީގެ ދެފަރާތް އެއްވަރުވާނެހެން) ދަނގަނޑުގައި ރޮށިތައް އަޅުވާށެވެ. ދެން ރޮށިތަކާއިއެކު ދަގަނޑު ރެކު އަވަނަށް ލުމަށްފަހު 8 ނުވަތަ 10 މިނެޓު ވަންދެން ރޮށިތައް އަވަނުގައި ފިހާށެވެ. މިގޮތަށް 8 ނުވަތަ 10 މިނެޓު ހަމަވުމުން ރޮށިތައް ހުންނަންވާނީ މުރަނަވެފައި މަޑު މުށި ކުލައެއްގައެވެ. ފިހެ ނިމުމުން ޓޮންގްއަކުން މަޑުމަޑުން ޓާކޯ ޝެލްތައް ނަގާށެވެ. އޭރުން ހުންނާނީ ޓާކޯ މަސްކޮޅާއި ޓޮޕިންގސް އެޅުމަށް ޓޯޓިލާ ތައްޔާރުވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355