twitterviber whatsapp telegramfacebookyoutube instagram
24th August 2025

'ޕްލޫމާ'ގެ ފިހާރައެއް ކުޅުދުއްފުށީގައި ހުޅުވައިފި

Aug 23, 2025

ކުޑަކުދިން އުނގެނުމަށާއި ވިސްނުމުގެ ތޫނުފިލިކޮށްދޭ އަދި ކުދިންނާ ގުޅޭ ތަކެތި ވިއްކާ އޮންލައިން ފިހާރަ، 'ޕުލޫމާ'ގެ ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

ހުކުރު ދުވަހުގެ ހަވީރު ބޭއްވި ހަފުލާގައި އެ ފިހާރަ ހުޅުވައިދެއްވީ އަފީފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަދުނާނު އަލީ އެވެ. މި ފިހާރަ ހުންނާނީ 'ސާހީނީޒްގެ' މިސްކިތްމަގު ގައެވެ.

އާންމުގެ މަގުބޫލުކަން ހޯދާފައިވާ 'ޕުލޫމާ'އަކީ، އެންމެ ތުއްތު އުމުރުން ފެށިގެން، ބޮޑެތި ކުދިންނާ ގުޅޭ ފޮތްތަކާއި، ކުޅުމުގެ ތެރެއިން ތަފާތު ހުނަރުތައް ތަރައްޤީކުރެވޭނެ ކުޅޭ ސާމާނުތައް ވިއްކާ މަޝްހޫރު ވިޔަފާރިއެކެވެ. މި ފިހާރަ ހުޅުވުމާއެކު، އުތުރުގެ ރަށްރަށުގެ ރައްޔިތުންނަށް ފިހާރައިން ވިއްކާތަކެތި، ފަސޭހައިން ލިބޭނެ މަގު ފަހިވެގެންދާނެކަމަށް ޕްލޫމާ އިން ހާމަކުރެއެވެ.

2021 ވަނަ އަހަރު އޮންލައިން ވިޔަފާރިއެއްގެ ގޮތުގައި ފެށި 'ޕްލޫމާ' ވަނީ މަދު އަހަރުތަކެއްގެ ތެރޭގައި އާންމުގެ އިތުބާރު ހޯދައިފައެވެ.

މިތަނުގައި އެކި އުމުރުތަކުގެ ކުޅޭ ސާމާނު، ޕަޒުލްގެ އިތުރުން ދިވެހި އަދި އިނގިރޭސި ފޮތްތަކާއި، ދީނީ ފޮތްތަކާއި، އަދި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ބޭނުންވާ ސެންސަރީ ވަސީލަތްތައް ހިމެނޭ ގޮތަށް ތަފާތު ގިނަ ބާވަތްތައް ވިއްކައެވެ. މިއީ ވަރަށް ޝައުޤުވެރިކަން އިތުރުވާނެ އަދި އަމިއްލަ ތަޖުރިބާއެއް ލިބޭނެ ޝޮޕިންގ އެކްސްޕީރިއަންސްއަކަށްވާނެ ކަމަށް ޕްލޫމާ އިން މައުލޫމާތުދެ އެވެ.

ޕްލޫމާގެ އިންސްޓަގުރާމް ޕޭޖް



"ޕްލޫމާގެ މަގުސަދަކީ، އަބަދުވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި އާންމުކޮށް ލިބެން ނުހުންނަ ފޮތްތަކާއި، އެކިއެކި ހުނަރުތައް ތަރައްގީކުރެވޭނެ ވަސީލަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުން. މި ފިހާރަ ހުޅުވުމާއެކު، ޕްލޫމާގެ އޮންލައިން އިންސްޓަގްރާމް އެކައުންޓް 'ޕްލޫމާ އެމްވީ' އިތުރުން، އާންމުންނަށް އެތަކެތި ސީދާ ލިބޭނެ މަގު ފަހިވެ، ހުނަރުވެރި އިލްމީ ޖީލެއް ބިނާކުރުމަށް ބެލެނިވެރިންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން. ޕްލޫމާގެ އިންސްޓަގްރާމް އެކައުންޓް @pluma.mv އަށް ޒިޔާރަތް ކުރެއްވުމުން ޕްލޫމާގެ އައު މައުލޫމާތުތަކާއި ޕްރޮމޯޝަންތަކާއި، އަދި އޮންލައިންކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ލިބިގެންދާނެ" ޕްލޫމާ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355