twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތް ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

Aug 23, 2025

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އާ އިމާރާތުގެ ޑިޒައިން ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

މި މަސައްކަތް ކުރުމަށް ހަވާލުކުރީ ޗާޓަރ އިންޖިނިއަރިން ކޮމްޕެނީ ޕްރައިވެޓް ނަމަކަށް ކިޔާ ކުންފުންޏަކާ އެވެ.

100 ދުވަސްތެރޭގައި ނިންމަން ހަވާލުކުރި މި މަޝްރޫއު ހަވާލުކުރީ 917،484 ރުފިޔާއަށެވެ.

ހެލްތް މިނިސްޓްރީން ކުރި ޕޯސްޓެއްގައި ބުނީ، މި އިމާރާތަކީ ކޭއާރުއެޗު ޓާޝަރީ ފެންވަރަށް އަޕްގުރޭޑްކުރުމަށް އިމާރާތްކުރާ ތަނެކެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ހެލްތުގެ ނައިބު އަހުމަދު ހަމްދާން ނާސިރެވެ. ޗާޓަރ އިންޖިނީއަރިންގ ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އަބްދުލްއަޒީޒް ހަސަން އެވެ.

މި ރަސްމިއްޔާތުގައި ކޭއާރުއެޗްގެ ސީއީއޯ ނާޒިމާ އަލީ ބައިވެރިވެވަޑައިގެންނެވި އެވެ.

ލާމަރުކަޒީކޮށް ހިންގި ސަރަހައްދީ ހޮސްޕިޓާތައް މިސަރުކާރުން ވަނީ މަރުކަޒީކޮށް މިނިސްޓްރީގެ ދަށަށް އަލުން ބަދަލުކޮށްފަ އެވެ. އެކަމުގެ ސަބަބުން ސަރަހައްދީ ހޮސްޕިޓަލްތަކުގެ ހިދުމަތް ދަށަށްދާކަމުގެ ޝަކުވާ އަންނަނީ ރައްޔިތުން ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355