twitterviber whatsapp telegramfacebookyoutube instagram
10th October 2026

ރެސިޕީ: ތަންދޫރީ ޗިކަން

ނަބީލާ އިސްމާޢީލް
Mar 26, 2024

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާނެ ތަކެތި:

1000ގ ގެ ކުކުޅު (ކޮށާފަ)
ތަންދޫރީ މަސާލާ (ޝާން ބްރޭންޑް)
1 ތަށި ޕްލޭން ޔޯގަޓް
1 ފިޔާ
5 ލޮނުމެދު
2 ސ ސަމްސާ ކުކުޅު ހަވާދު
1 އިންޗި އިނގުރު ކޮޅެއް
1/2 މ ސަމުސާ މުގުރި އަސޭމިރުސް
1/2 މ ސަމްސާ މުގުރި ކޮތަނބިރި
1 ސ ސަމްސާ ލޮނު
1 ލުނބޯ
ކާކުލަ ކޮޅެއް (ބޭނުން ނަމަ)
1/2 ގޮތިޔޮ މިރުސް

ތައްޔާރު ކުރާނެ ގޮތް:

ކުކުޅު، ޔޯގަޓް އަދި ލުނބޯ ނޫން އެހެން ހުރިހާ އެއްޗެއް މިކުސްޗަރ އަށް އެޅުމަށްފަހު ޕޭސްޓް ހަދާލާށެވެ. ބޮޑު ތައްޓަކަށް ޕޭޓް ގަނޑު އެޅުމަށްފަހު ޔޯގަޓު ލުނބޯ އެއްކޮށްލާށެވެ. ދެން އޭގެ ތެރެއަށް ކުކުޅުކޮޅު އަޅާ އެއްކޮށްލުމަށްފަހު ރަނގަޅަށް މަތި ބަނދު ކޮށްލާފަ 30 މިނެޓް ވަންދެން މެރިނޭޓް ކުރަން ބަހަޓާށެވެ. އެއަށްފަހު އަވަނުން ފިހެލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293