twitterviber whatsapp telegramfacebookyoutube instagram
9th June 2026

ރެސިޕީ: ޗީޒް ބްރެޑް ރޯލްސް

ނަބީލާ އިސްމާޢީލް
Mar 3, 2026

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ރޯދަމަހަކީ ކެއުމާއި ކެއްކުމުގެ ވާދަވެރިކަން އޮންނަ މަހެއް ކަމުގައި ނުހަދާ އެހެން މަސްތަކަށްވުރެއް ބޮޑަށް އަޅުކަމުގައި ޝާމިލްވާ މަހެއް ކަމުގައި ހެދުން ވަރަށް މުހިންމެވެ.

ބޭނުންވާތަކެތި:

250 ގ .( ޗީޒް ޗެޑަރ )
1 ޕާން
5 މޭޒުމަތީ ސަމުސާ ބަޓަރ ދިޔާކޮށްފައި
ޓޮމާޓޯ ސޯސް

ތައްޔާރުކުރާނެގޮތް:

ޗީޒް ކޮޅާއި ބަޓަރކޮޅު އެއްކޮށް ގިރާލާށެވެ. ޕާން ފޮތިތަކުގެ ހަތަރު ފަރާތް އަރިމަތިން ކަފާލާށެވެ. ޕާން ފޮތިތަކުގެ އެތެރޭގައި ސަމުސަލުން އެތި ކޮޅެއް ހާކާފައި އޮޅައިލާށެވެ. ދެން ޓޫތު ޕިކަކުން ޕާން ރޯލު ހަރު ކޮށްލާފައި އެއްޗަކަށް އަޅައިފައި މަތި ބަންދުކޮށްފައި 15 މިނިޓް ފްރިޖްގައި ބަހައްޓާށެވެ. ޓްރޭއެއްގައި އަތުރާލާފައި ބަޓަރު ކޮޅެއް ދިޔާކޮށްފައި ރޯލުތަކުގެ ބޭރުގައި ހާކާލާފައި އަވަންގައި ފިހެލާށެވެ.

މި ރޯލްސް މީރުވާނީ ތަންކޮޅެއް ކުޅިކޮށް ސޯސްގަނޑެއް ހަދައިފައި އެއާ އެއްކޮށް ކާލާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355