twitterviber whatsapp telegramfacebookyoutube instagram
7th September 2026

ރެސިޕީ: ކޮފީ ކޭކު

ނަބީލާ އިސްމާޢީލް
Feb 24, 2026

ރޯދަމަހަކީ ކެއުމާއި ކެއްކުމުގެ ވާދަވެރިކަން އޮންނަ މަހެއް ކަމުގައި ނުހަދާ އެހެން މަސްތަކަށްވުރެށް ބޮޑަށް އަޅުކަމުގައި ޝާމިލްވާ މަހެއް ކަމުގައި ހެދުން ވަރަށް މުހިންމެވެ.

އެހެން ރޯދަމަސްތަކާއި ހިލާފަށް މި ރޯދަ މަހު ވީހާވެސް މަދުން ކާތަކެތި ތައްޔާރުކޮށް އިސްރާފުކުރުން އެކޮށްހެން ނައްތާލާ، ބާކީވެފައި ހުންނަ ކާނާ ރައްކާކޮށް އެހެންފަހަރަކުން ބޭނުންކުރެވޭނެ ކަހަލަ ގޮތަކަށް ރާވަންވާނެ އެވެ.

ބޭނުންވާ ތަކެތި:

2 މޭޒުމަތީ ސަމުސާ ކޮފީ
3 މޭޒުމަތީ ސަމުސާ ގެރިކިރު
250ގ. ފުށް
170ގ. ބަޓަރު/މާޖަރިން
150ގ. ހަކުރު
1 ސައިސަމުސާ ބޭކިން ޕައުޑަރ
5 ބިސް
1 ޖޯޑު ހިކި މޭބިސްކަދުރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް

ތައްޔާރު ކުރާނެ ގޮތް

އެންމެ ފުރަތަމަ ކޮފީއާއި، ފުށް، އަދި ބޭކިން ޕައުޑަރު އެއްކޮށް ފުރާނާލާފައި ބަހައްޓާށެވެ. އެއަށްފަހު ބަޓަރު ނުވަތަ މާޖަރިންނާއި ހަކުރާއި އެއްކޮށްލުމަށްފަހު އޭގެތެރެއަށް ބިސް ވެސް އެއްކޮށްލުމަށްފަހު ފުށްކޮޅުގެ ތެރެއަށް އަޅާ ރަނގަޅަށް ގިރާލާށެވެ. ދެން އެސެންސާއި މޭބިސްކަދުރު އެއްކޮށްލާފައި ޓްރޭއެއްގައި ބަޓަރު ހާކައި ތައްޔާރުކުރި ފުށްގަނޑު އޭގެތެރެއަށް އެޅުމަށްފަހު 175 ޑިގްރީގައި ފިހާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355