2023-2024 ވަނަ އަހަރު ހދ އަތޮޅު ތައުލީމީ މަ ހުރިހާ ގޮތަކުން އެންމެ ދަރިވަރުގެ މަގާމު އަހުމަދު އަފްރާހް އިރުޝާދު ހޯދައިފި އެވެ.
ހާއްސަ މަގާމުތަކަށް ދިޔަ ދަރިވަރުންގެ އަގުވަޒަން ކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ ހދ އޭއީސީގައި ބޭއްވި އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސުލްތާނު ރާމިޒެވެ.
އެންމެ މޮޅު ދަރިވަރުގެ މަގާމު ހޯދި އަފުރާހް ވަނީ ފާއިތުވި ދިރާސީ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުން ހަ މާއްދާއިން އޭ ސްޓަރ އާއި ދެ މާއްދާއިން އޭ ހޯދައިގެން ގައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހާސިލްކޮށްފަ އެވެ.
- ސްކޫލް ލެވެލްގައި ޓޮޕް އެޗީވަރސް އެވޯޑް ހާސިލްކުރި ދަރިވަރުން؛
- މަރިޔަމް އަހުލާ އަހުމީމު
- އަމާނީ އަހުމަދު
- އަހުމަދު އަފްރާހް އިރުޝާދު
- ފާތިމަތު މަޒީނާ މުހައްމަދު
- އިބުރާހިމް މަލްސޫން މުހައްމަދު
- އައިމިނަތު ސާނިހާ މުހައްމަދު
- ހައްވާ ޔަޝްފީ މުހައްމަދު
އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 އަކަށް ކިޔަވައިދޭ ހދ އޭއީސީގައި 1000 އަކަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. އޯލެވަލްއަށް ކިޔަވައިދޭން ފެށިތާ އަދި މާގިނަ އަހަރުތަކެއް ނުވިނަމަވެސް އެ ސްކޫލްގެ ދަރިވަރުން އަންނަނީ ގައުމީ ގަދަ ދިހައަކުން ރަންވަނަތައް ހޯދަމުންނެވެ.
ކުލަގަދަ ރަސްމިއްޔާތަކާއެކު ކުރިއަށްގެންދިޔަ އިނާމުދިނުމުގެ މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރުގެ އިތުރުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދާއި މޭޔަރު މުހައްމަދު އާތިފް އަދި ކައުންސިލަރުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންގެ އިތުރުން ބެލެނިވެރިންނާއި ދަރިވަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
ފާއިތުވި އަހަރު ހދ. އޭއީސީން 1045 ދަރިވަރުން ކިޔަވާފައިވެއެވެ. ސްކޫލުގެ ނަތީޖާއަށް ބަލާއިރު އެސްއެސްސީ އިމްތިޙާނުތަކުން 71 އިންސައްތަ، 63 އިންސައްތަ އޯލެވެލްގެ މާއްދާތަކުން ފާސްވެފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި އެ މަރުކަޒުގެ ތިން ދަރިވަރުން ހިމެނިފައިވެއެވެ.