twitterviber whatsapp telegramfacebookyoutube instagram
18th April 2024

ނަރުދޫ މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ

އަބްދުލް ވާހިދު ޙަސަން
May 25, 2020
2

ށ ނަރުދޫ މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެއްޖެ އެވެ. މައުލޫމާތު އެނގޭ ދަރިފުޅު ބަނޑަށް މަރުވިކަން އެނގުނީ އެއަތޮޅު މިލަންދޫއަށް މިއަދު ގޮސް ޑޮކްޓަރަށް ދެއްކުމުން ކަމަށެވެ.

މިލަންދޫއަށް ގޮސް ދެއްކިއިރުވެސް ކުއްޖާގެ ވިންދު ނެތްކަމަށް މައުލޫމާތު އެނގޭ މީހެއް ކޭއޯއަށް މައުލޫމާތު ދެމުން ބުންޏެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު ވިދާޅުވީ ކޭއޯއަށް، މިލަންދޫ ހެލްތް ސެންޓަރުން، އިއްޔެ އެ މީހާ ކުޅުދުއްފުއްޓަށް ގެނައުމަށް އެދުމުން ހަމަ އިއްޔެ އެކަމުގެ ހުއްދަދީފައިވާ ކަމަށެވެ. ނަމަވެސް އެމީހުން ކުޅުދުއްފުއްޓަށް އައިސްފައިވަނީ އަނެއްކާ މިއަދުވެސް މިލަންދޫއަށް ދިޔުމަށްފަހު އެ ސެންޓަރުން ދަރިފުޅުގެ ވިންދު ނެތްކަމަށް ބުމުންނެވެ.

ކޮވިޑަށް ޝައްކުކުރެވޭ ހަތަރު ކޭސްއެއް މިއަދާ ހަމައަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ފަރާތުން އައިސޮލޭޝަންގައި މެނޭޖް ކޮށްފައިވާނެކަމަށް އަހްމަދު ހާމަކުރި އެވެ. އަދި ހޮސްޕިޓަލަށް ގެނެވެނީ ކޮވިޑަށް ޓެސްޓް ކުރެވި ނަތީޖާ ލިބުމުން ނޫން ކަމަށްވެސް މައުލޫމާތު ދިނެވެ.

ކުޅުދުއްފުއްޓަށް އައުމަށް ހުއްދަދެވޭނީ ކޮވިޑަށް ޓެސްޓްކުރުމަށްފަހުކަމަށް ބުނެ ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ޙަބަރު އަހުމަދު ވަނީ ދޮގުކުރައްވާފައި އެވެ. އޭނާ ވިދާޅުވީ އިއްޔެ ނަރުދޫގައި ރޭންޑަމް ސާމްޕަލްތަކެއް ނެގިކަމަށާއި އެެހެންވުމުން އެ މީހުންގެ ސާމްޕަލްތައްވެސް ނަގާލަން ބުނީކަމަށް އަހުމަދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެ އަންހެން މީހާ ގެންދެވުނީ މިއަދު މެންދުރުފަހު 3:00 ހާއިރު ކަމަށާއި އެމީހާ ގެނައިރުވެސް ދަރިފުޅު އޮތީ ބަނޑަށް މަރުވެފައިވާކަމަށް އަހުމަދު ވިދާޅުވި އެވެ.

އާއިލާއިން ބައެއް މީޑިއާތަކަށް ވާހަކަދެއްކި މީހާ ބުނެފައިވަނީ ފުނަދޫ ހޮސްޕިޓަލަށް ދިއުމުގެ ހުއްދަ ނުލިބުމުން ސިއްހީ ދާއިރާގެ އެންމެ މަތީ ފަރާތްތަކުގެ ސަމާލުކަމަށް ވެސް އެ މައްސަލަ ގެންދިޔަ ކަމަށެވެ. ނަމަވެސް އެއްވެސް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

މިކަމާ ގުޅިގެން ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ޒުމުރަތު ވިދާޅުވީ، ފުނަދޫ ހޮސްޕިޓަލްގެ އޮޕަރޭޝަން ތިއޭޓަރު ހުންނަ ސަރަހައްދުގައި ކޮވިޑް-19 އާ ގުޅޭ މަސައްކަތްތަކެއް ކުރަމުން ދާތީ ކުޅުދުއްފުއްޓަށް ދިއުމަށް މިދިޔަ ހޮނިހިރު ދުވަހު އެ ފަރާތަށް އެންގި ކަމަށާއި ހަމަ އެ ދުވަހު އެކަމުގެ އިންތިޒާމްތައްވެސް ހަމަޖެހިގެން ދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތެއްކުރަމުންދާތީ އެތަން ބޭނުންކުރެވެން ނެތުމުން ކުޅުދުއްފުއްޓަށް ދިޔުމަށް އެދުނީކަމަށާއި އެކަމާ ގުޅޭ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ހަމަޖެހުނު ކަމަށެވެ. އިއްޔެއާހަމައަށް ކުޅުދުއްފުއްޓަށް ދިޔުމުގެ އިންތިޒާމުތައް ހަމަޖެއްސިކަމަށާއި ކުޅުދުއްފުއްޓަށް ނުދިޔައީ ބަލި މީހާ ބޭނުން ނުވުމުން ކަމަށެވެ.

" އެކަން ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް އެނގޭނެ ކުޅުދުއްފުށީ ހޮސްޕިޓަލަށާއި މިލަންދޫ ސިއްހީ މަރުކަޒަށާއި ނަރުދޫ ސިއްހީ މަރުކަޒަށް، އަދި އެކަން ދިޔައީ އެންއީއޯސީއަށްވެސް އަންގަމުން." ފުނަދޫ ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވި އެވެ.

މިހާރު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އެ މީހާ އަދި ވިހާފައެއް ނުވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355