twitterviber whatsapp telegramfacebookyoutube instagram
30th October 2026

އިންކަމް ސަޕޯޓް އެލަވެންސް ފޯމް ފުރުމަށް ކައުންސިލުން އެހީވަނީ

ނަބީލާ އިސްމާޢީލް
May 28, 2020

ކޮވިޑް-19 އާ ގުޅިގެން އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓް އެލަވެންސް ހޯދުމަށް އެދި ހުށަހަޅާ ފޯމް ފުރުމަށް ކުޅުދުއްފުށީ ކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިއްޖެ އެވެ.

ކައުންސިލު އިދާރާއިން ބުނީ އިންކަމް ސަޕޯޓް އެލަވެންސް ފޯމް ފުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މިރޭ 8:30 ން 10:00 އާ ދެމެދު 6527189 ނަންބަރު ފޯނަށް ގުޅުމުން އެޕޮއިންޓްމަންޓް ދޫކުރަން ހަމަޖެހިފައިވާ ކަމަށެވެ.

1 މާޗް އިން 30 އެޕްރީލްގެ ނިޔަލަށް އާމްދަނީ އަށް ނުރަނގަޅު އަސަރު ކޮށްފައިވާ ފަރާތްތައް ޖޮބް ސެންޓަރަށް ފޯމް ހުށައެޅުމުގެ ސުންގަޑިއަކީ މި މަހު 30 ވަނަ ދުވަހެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ބަޔަކު ވަނީ ވަޒީފާއިން ވަކިކޮށް، ނޯޕޭއަށް ފޮނުވާލާ ނުވަތަ މުސާރަ ކުޑަކުރުން ފަދަ ކަންކަމާއި ކުރިމަތިލާން ޖެހިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293