twitterviber whatsapp telegramfacebookyoutube instagram
8th November 2026

ޓޫރިޒަމް ދާއިރާއިން ގެއްލިފައިވާ ވަޒީފާތައް އިޔާދަކުރުމަށް މަޝްވަރާކޮށްފި

ނަބީލާ އިސްމާޢީލް
May 28, 2020

ޓޫރިޒަމް ދާއިރާގެ މުވައްޒަފުންގެ ތެރެއިން ވަޒީފާ ގެއްލުނު ފަރާތްތަކުގެ ވަޒީފާ އަލުން އިއާދަކުރުމާއި ބެހޭގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު އދގެ ފަތުރުވެރިކަމާބެހޭ ޖަމިއްޔާ ޔޫއެންޑަބްލިއުޓީޓޯ އާއިއެކު ބޭއްވި ބައްދަލުވުމެއްގައި މަޝްވަރާކޮށްފިއެވެ.

ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރ ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށް ބޭނުންވާ ފައިސާ އަދި ސިނާއަތުގެ މުވައްޒަފުންގެ ވަޒީފާ އަލުން އިއާދަކުރުމާއި ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

މިއީ ފަތުރުވެރިކަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމާއި ގުޅޭގޮތުން ޔޫއެންޑަބްލިއުޓީއޯގެ ސައުތް އޭޝިޔާ ރީޖަނަލް ކޮމިޝަންގެ ޗެއަރ އާއި އެކު ބޭއްވި ކްރައިސިސް ކޮމިޓީ 5 ވަނަ ބައްދަލުވުމެވެ. މި ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރު ވަނީ ރައްކާތެރި މިންގަޑުތަކެއް ކަނޑައަޅާ މި ޖުލައި މަހުގައި ބޯޑަރުތައް ހުޅުވާލުމަށް ވަމުންދާ ތައްޔާރީތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފަ އެވެ. އަދި މިމިންގަނޑުތައް ކޮންމެ 14 ދުވަހަކުން ސިނާއަތުގެ މަސްލަހަތުވެރިންނާއި ކަމާއިގުޅޭ އިދާރާތަކުގެ މަޝްވަރާގެ މަތިން މުރާޖާކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293