twitterviber whatsapp telegramfacebookyoutube instagram
13th August 2026

15 ރަށެއްގައި ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ގެނެސްފި

ނަބީލާ އިސްމާޢީލް
Jun 9, 2020
1

15 ރަށެއްގެ ކުޑަކުދިންގެ ޕާކު ހެދުމަށް ބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ރަށްރަށުގައި ގާއިމްކުރަން ނިންމާފައިވާ އިތުރު 15 ކުޑަކުދިންގެ ޕާކްތަކަށް ބޭނުންވާ ސާމާނު ގެނެސްފައިވާ ކަމަށް މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފަ އެވެ.

މިފަހަރު މިނިސްޓްރީން ޕާކު އަޅާ ސާމާނު ގެނައީ ފ.މަގޫދޫ، އދ.އޮމަދޫ، ކ،ދިއްފުށު، ފ.ފީއަލި، އދ.ދަނގެތި، އދ.ދިގުރަށް ކ.ކާށިދޫ ފ.ދަރަނބޫދޫ، މ.ދިއްގަރު، ހއ.ކެލާ، ގދ.ނަޑެއްލާ، ނ.މާފަރު، ލ.ފޮނަދޫ، ރ.މަޑުއްވަރި، އއ.ހިމަންދޫ އަށެވެ.

މި ރަށްރަށުގައި ޕާކް އެޅުމަށް ބޭނުންވާ ސާމާނުތައް މިހާރު މާލެ ގެނެސް ގަލޮޅު ދަނޑުގައި ބަހައްޓާފައިވާއިރު ވީހާވެސް އަވަހަކަށް އެ ސާމާނުތައް ރަށްރަށަށް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ޔޫތު މިނިސްޓްރީން ވިދާޅުވެއެވެ.

މުޖުތަމައު ބާރުވެރިކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޖުމްލަ 50 ރަށެއްގައި ކުޑަކުދިންގެ ޕާކް ގާއިމްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި ޕާކް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މާލެއަށް ގެނެސްފައިވާއިރު މިނިސްޓްރީން އަންނަނީ މިހާރު އެސާމާނުތައް ރަށްރަށުގެ ކައުންސިލްތަކަށް ދޫކުރަމުންނެވެ. މިހާތަނަށް ވަނީ 11 ރަށަކަށް ޕާކް ސެޓް ދޫކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355