twitterviber whatsapp telegramfacebookyoutube instagram
26th September 2026

މޯލްޑިވިއަން އިން ހުކުރު ދުވަހު ލަންކާއަށް ބައްވަން ހަމަޖެހުނު ފްލައިޓް ލަސްކޮށްފި

Jun 10, 2020
1

މިމަހު 12 ވަނަ ދުވަހު މޯލްޑިވިއަން އިން ސްރީލަންކާއަށް ކުރަން ހަމަޖެހުނު ދަތުރު ލަސްކޮށްފި އެވެ.

މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ 12 ވަނަ ދުވަހު ކުރަން ހަމަޖެހުުނު ރެފެޓްރިއޭޝަން ދަތުުރު ލަސްކޮށްފައިވާ ކަމަށާއި ފްލައިޓް ދެން ބާއްވާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށެވެ.

އެ ދަތުރަކީ ލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުން އަނބުރާ ގެނައުމަށް ކުރަން ހަމަޖެހުނު ދަތުރެކެވެ.

ސްރީލަންކާގައި ތިިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުން މީހުންނަށް ހާއްސަ ފްލައިޓެއް މީގެ ކުރިން ވެސް މޯލްޑިވިއަން އިން ބޭއްވި އެވެ.

މިމަހުގެ 15 އަދި 17 ވަނަ ދުވަހު މެލޭޝިއާ އަށް ހާއްސަ ދަތުރުތަކެއް ބާއްވަންވެސް މޯލްޑިވިއަން އިން ވަނީ ނިންމައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293