twitterviber whatsapp telegramfacebookyoutube instagram
18th August 2026

61 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށްބޭނުންވާ ސާމާނު ރާއްޖެ ގެނެސްފި

ނަބީލާ އިސްމާޢީލް
Jun 15, 2020

ރާއްޖޭގެ އެކި ސަރަހައްދުގެ 61 ރަށެއްގައި އެޅުމަށް ހަމަޖެހިފައިވާ އައުޓްޑޯ ޖިމް އަށް ބޭނުންވާ ތަކެތީގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެސްފި ކަމަށް ޔޫތު މިނިސްޓަރު ވިދާޅުވެއްޖެ އެވެ.

މިކަން ހާމަކުރައްވާ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ 61 ރަށެއްގައި އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ޝިޕްމެންޓް ރާއްޖެ ގެނެވިފައިވާ ކަމަށާއި ބާކީ ހުރި ޝިޕްމެންޓް އަވަސް މުއްދަތެއްގައި ލިބި އޯގަސްޓް މަސްތެރޭ މަސައްކަތް ފެށޭނެ ކަމަށް އުންމީދުކުރައްވާ ކަމުގަ އެވެ.

61 ރަށެއްގައި އަޅާ މި ޖިމްތަކަކީ އިންޑިއާގެ ސަރުކާރުގެ އެހީގައި އެޅުމަށް ނިންމާފައިވާ ޖިމްތަކެކެވެ. މި އެއްބަސްވުމުގައި ޔޫތު މިނިސްޓްރީން، ސްޕޯޓްސް ކޯޕަރޭޝަނާ އެކު އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.

މި ޖިމް ތަކަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ "ދުޅަހެޔޮ ހަށިހެޔޮ" ސިއްހަތެއްގައި ރައްޔިތުން ބޭތިއްބުމުގެ ސިޔާސަތުގެ ތެރޭގައި ހިމެނިގެން ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355