twitterviber whatsapp telegramfacebookyoutube instagram
19th April 2024

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުން 5 ރަށަކަށް މާލީ އެހީ ދީފި

Jun 22, 2020

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ "އަަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި ހުށަހެޅި ޕްރޮޕޯސަލްގެ ތެރެއިން ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓެއް ހޮވައި މާލީ އެހީ ދީފި އެވެ.

މި ކްއާޓާގައި ހޮވުނު ރަށްތަކަކީ ށ. ކަނޑިތީމް، އއ. ރަސްދޫ، ތ. ވޭމަންޑޫ، ގދ. ވާދޫގެ އިތުރުން ސ. ފޭދޫއެވެ.

ބީއެމްއެލުން ބުނީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން އެ ބޭންކުން ތައާރަފުކުރި އަހަރެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ މި އަހަރުގެ ފުރަތަމަ ކްއާޓާގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ ފަސް ޕްރޮޖެކްޓް ހޮވައި އެ ޕްރޮޖެކްޓް ހިންގުމަށް ބޭނުންވާ ފައިސާ އެ ފަރާތްތަކާ ހަވާލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ށ. ކަނޑިތީމުން ހުށައަޅާފައިވަނީ ކޮމިއުނިޓީ ޕާކެއް ގާއިމް ކުރުމަށެވެ. އއ. ރަސްދޫއިން އެރަށު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީ ކުރަން ހުށަހަޅާފައިވާއިރ ތ. ވޭމަންޑޫއިން ހުށައަޅާފައިވަނީ ބީޗް ސަރަހައްދުގައި ޕިކްނިކް އޭރިއާ އެއް ތައްޔާރު ކުރުމަށެވެ.

މީގެ އިތުރުން ގދ. ވާދޫގައި ސްކޭޓް ޕާކެއް ގާއިމް ކުރަން ހުށަހަޅާފައިވާ ޕްރޮޕޯސަލަކާއި ސ. ފޭދޫގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ޕާކެއް ހަދަން ޕްރޮޕޯސަލެއް ވެސް ހިމެނެ އެވެ.

ބޭންކުން ބުނީ "ކޮމިއުނިޓީ ފަންޑު" ގެ ދަށުން ހިންގާ ޕްރޮޖެކްޓްތައް ކުރިއަށް ގެންދަން ކޮވިޑް-19 އިގެ ސަބަބުން ދަތިތަކާ ކުރިމަތިވެ، ޕްރޮޖެކްޓްތައް ނިންމުމުގައި ލަސްތަކެއް ވެސް ކުރިމަތިވި ނަމަވެސް އަމާޒަކީ މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރު ވެސް މުޖުތަމައަށް ފައިދާ ކުރާނެ 20 ޕްރޮޖެކްޓަކަށް މި ފަންޑުގެ ދަށުން އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355