twitterviber whatsapp telegramfacebookyoutube instagram
18th April 2024

ޖިންސީ ގޯނާގެ ތުހުމަތުވާ ދެ މީހުން ދޫކޮށްލީ މެމްބަރެއްގެ ނުފޫޒަކުން ނޫން: ނަޝީދު

ނަބީލާ އިސްމާޢީލް
Jun 29, 2020

ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި މީހުން ދޫވީ ރައްޔިތުންްގެ މަޖިލީހުގެ މެމްބަރެއްގެ ނުފޫޒުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ފުލުހުން ދޫކޮށްލި މައްސަލަ ހޫނުވެ، ގިނަ ފާޑުކިޔުންތަކެއް ފުލުހުންނަށް ވަނީ އަމާޒުވެފަ އެވެ. އެކަމުގައި ސިޔާސީ ފަރާތްތަކެއްގެ ނުފޫޒު އޮތް ކަމަށް ބުނެ ފާޑު ކިޔުންތައް އަމާޒުވަމުން ދާއިރު، އެކަމާ ގުޅިގެން ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނަޝީދު ވަނީ މަޖިލީހަށް ކުއްލި މައްސަލައެއް ވެސް މިއަދު ހުށަހަޅައިފަ އެވެ.

އެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅާފައި ވާއިރު، އެކަމާ ގުޅިގެން މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަފާރީގައި ހިނގި ޖިންސީ ގޯނާގެ މައްސަލައިގައި ތުހުމަތުކުރެވޭ މީހަކު ދޫކޮށްލެވުނީ އޭނާއަކީ މަޖިލީހުގެ މެމްބަރެއްގެ ފިރިކަލެއް ކަމަށް ވާތީ ކަމަށް އެ މެމްބަރުގެ ސިޔާސީ ޕާޓީއާއި ވާދަވެރި ޕާޓީތަކުގެ މެމްބަރުން ފާހަގަކުރަމުން އަންނަ ކަމަށެވެ.

އެހެން ކަމުން އެ މީހުން ދޫކޮއްލީ އެ މީހުން ބަންދުގައި ބައިތިއްބަން ފުލުހުންނަށް ނުފެންނާތީ ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެންވެ، އެކަމުގައި މެމްބަރެއްގެ ނުފޫޒެއް އޮޮތް ކަމަށް ރައްޔިތުން ނުދެކުމަށް ނަޝީދު އެދިވަޑައިގަތެވެ.

ނަޝީދު ވިދާޅުވީ ފުލުހުން ކުރާ އެއްވެސް ތަހުގީގަކަށް، ހާއްސަކޮށް ޖިންސީ ގޯނާއާއި ގެވެށި އަނިޔާއާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި މައްސަލަތަކުގެ ތަހުގީގާ ގުޅިގެން މަޖިލީހުގެ މެމްބަރަކު އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ނުވަތަ ކަމަކާ ހަވާލުވެ ހުރި މީހަކަށް އިރުޝާދެއް ނުވަތަ ލަފައެއް ދިނުމަށް ނުވަތަ މައުލޫމާތެއް ހޯދުމަށް ވެސް ފޯނުކޮށް ހެއްދެވުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

މިފަދަ މައްސަލަތަކުގައި މީގެ ކުރިން ފުލުހުން ކޯޓަށް ހާޒިރުކޮށް އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް އެދެއެވެ. ނަމަވެސް މި މައްސަލައިގައި ފުލުހުން އަމަލުކޮއްފައި ވަނީ އެއާ ހިލާފަށެވެ.

މި މައްސަލައިގައި އެއްވެސް ނުފޫޒެއް ނެތި މިނިވަން ތަހުގީގެއް ހިންގައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355