twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހުއްދަ ނުނަގާ ރަށްރަށުން މާލެ ދެވޭ ގޮތަށް ހަމަޖައްސައިފި

Jul 1, 2020
1

މިއަދުން ފެށިގެން އެހެން ރަށްރަށުން މާލެ ދިއުމަށް ބޭނުންވާ ފަރާތްތަކަށް އިތުރު ހުއްދަތަކެއް ނުހޯދާ މާލެ ދެވޭނެކަމަށް ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެހެން ރަށްތަކުން މާލެ އަށް ދަތުރުކުރަން ހުއްދައެއް ނަގަން ނުޖެހޭ ގޮތަށް އޮތްނަމަވެސް މާލެ އިން އެހެން ރަށްތަަކަށް ދަތުރުކުރަން އަދިވެސް ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތުން، ހޯދަން ޖެހޭ ހުއްދަ އަށް އެދޭނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ގާއިމްކޮށްފައިވާ "ހާލުބެލުން ޕޯޓަލް" މެދުވެރިކޮށެވެ.

މަބްރޫކު ވިދާޅުވީ، ހުއްދަ ލިބުމުން އެކަން އެސްއެމްއެސްއަކުން އެންގޭނެ ކަމަށާއި އަދި ހުއްދައިގެ ލިޔުން ޕޯޓަލްއިން ޑައުންޑްލޯޑް ކުރެވޭނެ ކަމަށް މަބްރޫކު ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ މާލެ އިން ރަށްރަށަށް ދާން ހުއްދަ ހޯދައިގެން ދަތުރުކުރާ މީހުން، ޕޯޓަލް މެދުވެރިކޮށް ލިބޭ ހުއްދަ ޕްރިންޓްކޮށްގެން ގެންގޮސް، އެއާޕޯޓް ނުވަތަ ފެރީ ހިދުމަތްދޭ ފަރާތްތަކަށް ދައްކަން ވެސް ޖެހޭނެ ކަަމަށެވެ.

މާލެއިން ފުރައިގެން އެހެން ރަށްތަކަށްދާ މީހުން 14 ދުވަހު ގޭގައި ކަރަންްޓީންވާން ޖެހޭނެ ކަމަށް މީގެ ކުރިން އެޗްޕީއޭ އިން ވަނީ ނިންމާފައެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުގެ އޮފީސްތަކާއި ސްކޫލުތައް ބަންދުކޮށްފަ އޮތުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކު މިއަދުން ފެށިގެން ވަނީ ކޮވިޑް ނެތް ރަށްތަކުގައި ސްކޫލުތަކުގެ ކިޔެވުން ފެށިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355