twitterviber whatsapp telegramfacebookyoutube instagram
29th August 2026

އަތޮޅުތެރޭގެ ކަރަންޓް ބިލްތައްވެސް ބޮޑު، ޑިސްކައުންޓެއް ނެތް!

އަބްދުލް ވާހިދު ޙަސަން
Jul 4, 2020
4

މިދިޔަ މަހުގެ ކަރަންޓް ބިލްތައް އާދަޔާ ހިލާފަށް ބޮޑުވުމުން ގިނަ ބަޔަކު ޝަކުވާކުރަން ފަށައިފި އެވެ. މުޅި ރާއްޖޭގެ ގިނަ ރަށްތަކެއްގައި މިދިޔަ ޖޫންމަހުގެ ކަރަންޓް ބިލް ބޮޑެވެ. އެހެން މަސްތަކާ އަޅާބަލާއިރު އާދަޔާ ހިލާފަށް ކަރަންޓް ބިލް ބޮޑުވުމުން އެކަމާ އަންނަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކުރަމުންނެވެ.

ކުޅުދުއްފުށިން ވާހަކަ ދެއްކި މީހުން ބުނެފައިވަނީ ޖޫންމަހުގެ ކަރަންޓް ބިލުން 400-1000 ރުފިޔާއާ ދެމެދު ބޮޑުވެފައިވާ ކަމަށެވެ. މިދިޔަ ޖޫންމަހަކީ ފިނިމަހެއް ކަމުން ކަރަންޓް ބިލް މިހާ ބޮޑުތަނުން ބޮޑުވެގެން ނުވާނެކަމަށް އެ މީހުން ދަނީ ބުނަމުންނެވެ.

Halleh neybaa :(

Posted by Abdul Muhaimin on Friday, July 3, 2020

ކޭއޯއާ ވާހަކަ ދެއްކި އެހެން ބައެއް މީހުން ބުނެފައިވަނީ އާންމު މަސްތަކުގައި ކަރަންޓަށް 2500-3000 ރުފިޔާއާ ދެމެދު އަރާ ގޭބިސީތަކުގެ ބިލްތަކަށް މިމަހު 3500-4500 ރުފިޔާއާ ދެމެދު ބޮޑުވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ އެހެން ރަށްތަކުގެ ގޭބިސީގެ ކަރަންޓް ބިލްވެސް މިމަހު ބޮޑުވެފައިވާކަން ފާހަގަކުރެވެ އެވެ. އެގޮތުން ނެއްލައިދޫ އާއި ނޮޅިވަރަމްގައިވެސް ކަރަންޓް ބިލް ވަނީ ބޮޑުވެފައި އެވެ.

މާލޭގެ ގޭބިސީތަކުގެ ޖޫންމަހުގެ ކަރަންޓް ބިލު ބޮޑުވެ އެކަމާ ޝަކުވާކުރުމުން މާލޭގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ވަނީ ކަރަންޓް ބިލްތަކުން 40% ޕަސެންޓް ޑިސްކައުންޓެއް ދިނުމަށް ނިންމާފައި އެވެ.

އެކަމާ ބައެއް މީހުން ނުރުހުންފާޅުކުރަމުން ބުނީ މާލޭގެ ކަރަންޓް ބިލްތައް ބޮޑުވުމުން ސްޓެލްކޯއިން ޑިސްކައުންޓް ދިން ގޮތަށް އަތޮޅުތެރޭގެ ކަރަންޓް ބިލްތަކަށްވެސް ފެނަކައިން ޑިސްކައުންޓް ދޭން ޖެހޭނެ ކަމަށެވެ. ކޮވިޑާ ގުޅިގެން މާލޭގެ ރައްޔިތުންނެކޭ އެއްފަދައިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް ވަނީ މުސާރަ ކުޑަކުރުމާއި ވަޒީފާއިން ވަކިކުރުުމުގެ މައްސަލައާ ކުރިމަތިލާން ޖެހިފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355