twitterviber whatsapp telegramfacebookyoutube instagram
29th March 2024

ލޯކަލް ކައުންސިލް އިންތިހާބުގެ ލިސްޓުން 5 ކެންޑިޑޭޓެއްގެ ނަން އުނިކޮށްފި

Jul 8, 2020

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލި ކެންޑިޑޭޓުންގެ ތެރެއިން 5 ކެންޑިޑޭޓެއްގެ ނަން ލިސްޓުން އުނިކޮށްފި އެވެ.

މި މެންބަރުންގެ ތެރެއިން 1 ކެންޑިޑޭޓުގެ ނަން ޔުނިކޮށްފައި ވަނީ އެ ކެންޑިޑޭޓް ނިޔާވުމާއި ގުޅިގެންނެވެ. އަނެއް 4 ކެންޑިޑޭޓުންގެ ގެ ނަން އުނިކުރީ ނަން އަނބުރާ ގެންގޮސްފައިވާތީ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ހަނިމާދޫ ކައުންސިލަށް އެމްޑީޕީގެ ޓިކެޓުގައި ކުރިމަތިލެއްވި ހުސްނުބާން އަބްދުލްރަހްމާން 1 މެއި 2020 ވަނަ ދުވަހު ނިޔާވެފައިވާތީ އޭނާގެ ނަން މިހާރު ވަނީ އުނިކޮށްފައެވެ.

ހުސްނުބާން ކުރިމަތިލެއްވީ ހަނިމާދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑީގެ މެމްބަރުކަމަށެވެ.

މީގެ އިތުރުން ދެން އުނިކޮށްފައިވާ ނަންތަކަކީ ހދ. ނޭކުރެންދޫ ކައުންސިލުގެ މެމްބަރުކަމަށް އަމިއްލަގޮތުން ކުރިމަތިލެއްވި ކެންޑިޑޭޓު އަހްމަދު އާސިފް (ކެންޑިޑޭޓު 23)، ށ. މިލަންދޫ ކައުންސިލުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވި އިބްރާހިމް ސާއިލް (ކެންޑިޑޭޓު 4)، ނ. ފޮއްދޫ ކައުންސިލުގައި އަންހެނުންނަށް ހާއްސަ ދެ ގޮނޑިން އެއް ގޮނޑިއަށް ކުރިމަތިލެއްވި ޕީޕީއެމް ކެންޑިޑޭޓު ހަލީމަތު ފިއުނާ (ކެންޑިޑޭޓު 8)ގެ އިތުން ނ. މަގޫދޫ ކައުންސިލުގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ކުރިމަތިލެއްވި ސައުދު މުހައްމަދު (ކެންޑިޑޭޓު 3) އެވެ.

މިދިޔަ އަހަރުގެ އޭޕްރިލް މަހު ބާއްވަން ތާވަލުކޮށްފައި އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު، ކޮވިޑް19 އާ ގުޅިގެން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355