twitterviber whatsapp telegramfacebookyoutube instagram
21st September 2026

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ފުރުސަތު ހުޅުވާލައިފި

ނަބީލާ އިސްމާޢީލް
Jul 11, 2020

އެވިޑް ކޮލެޖުން ސެޕްޓެމްބަރުމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ކޮލެޖުން ހުޅުވާލައިފި އެވެ.

" ދަރިވަރުންގެ ކޮލެޖް އެވިޑް ކޮލެޖް " ގެ ނަމުގައި ސެޕްޓެމްބަރ އިންޓޭކް އިއްލާންކޮށްދެއްވެވީ ކޮލެޖްގެ ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު އެވިޑް ކޮލެޖްގެ ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކުރައްވައި ދެއްވި ވީޑިއޯ މެސެޖަކުންނެވެ.

މިފަހަރު ހުޅުވާލާފައިވާ ދާއިރާތަކުގެތެރޭގައި އެޑިޔުކޭޝަން ، ޓީޗިނގް ، ބިޒްނަސް މެނޭޖެމެންޓް، ހިއުމަން ރިސޯރސް މެނޭޖެމެންޓް، ޕްރޮޖެކްޓް މެނޭޖްމެންޓް، ކައުންސެލިން ، ސައިކޮލޮޖީ ، ޝަރީޢާ އެންޑް އިސްލާމިކް ސްޓަޑީޒް ، އިންފޮރމޭޝަން ޓެކްނޮލޮޖީ ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ޤުރުއާން ހިމެނެއެވެ.

މިދާއިރާތަކުން ހިންގާ ކޯސްތަކުގެތެރޭގައި އެކިއެކި ސެޓްފިކެޓް ލެވެލްތަކާއި ފައުންޑޭޝަނ ކޯސްތަކާއި ، ޑިޕްލޮމާ އަދި ފަސްޓް ޑިގްރީ އާއި މާސްޓަރސް ފެންވަރުގެ 60 އަށްވުރެ ގިނަ ކޯސް ހިމެނޭ ކަމަށް އެ ކޮލެޖުން ބުނެ އެވެ.

އެވިޑް ކޮލެޖްގެ ސެޕްޓެމްބަރ އިންޓޭކްގެ ކޯސްތަކާބެހޭ އިތުރު މައުލޫމާތު ހޯދުމަށް އެވިޑް ކޮލެޖްގެ 7803228 ނަމްބަރަށް ގުޅަން އެ ކޮލެޖުން އެދެއެވެ.

އެވިޑް ކޮލެޖްގައި މިހާރުވެސް ދެހާހަށްވުރެ ގިނަދަރިވަރުން އެކިއެކި ފެންވަރުގެ ކޯސްތަކުގައި ބައިވެރިވެގެން މަތީތައުލީމު ހާސިލްކުރަމުންގެންދެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293