twitterviber whatsapp telegramfacebookyoutube instagram
26th April 2024

އަމާޒަކީ މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލުން: ފައްޔާޒު

ނަބީލާ އިސްމާޢީލް
Jul 13, 2020
1

ބިދޭސީގެ މައްސަލައަށް ހައްލެއް ހޯދުމަށް ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 އެއްހާ ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައާއި ގުޅިގެން މަޖިލީހަށް ވަޑައިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ އަމާޒަކީ ޤަވާއިދާ ހިލާފަށް އުޅޭ ބީދޭސީންގެ ތެރެއިން 20،000 ބިދޭސީން އެމީހުންގެ ރުހުމުގައި އަނބުރާ ޤައުމަށް ފޮނުވާލުން ކަމަށެވެ.

ފައްޔާޒު ވިދާޅުވީ ކޮންމެ މީހަކު ކޮންމެ އެއްޗެށް ބުނި ނަމަވެސް ދިވެއްސެއްގެ ހައިސިއްޔަތުން އެ މީހުންނާއިމެދު ކަންތަށްވެފަ އޮތްގޮތުން ލަދުގަންނަ ކަމާއި އެއްގޮތަކަށްވެސް އެ މީހުންގެ ނުރުހުމުގައި އަނބުރާ އެ މީހުންގެ ގައުމަށް ފޮނުވާލަން ގަސްތެއް ނުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އެނބުރި ގައުމަށް ދާން ބޭނުންވާ އެތައް ބަޔަކު ތިބި ކަން އެނގިގެން ގޮސްފައިވާ ކަމަށާއި، އެނބުރި ޤައުމަށް ގޮސްފިނަމަ ހައްޔަރުކޮށްފާނެ ކަމުގެ ބިރަށް ބައެއް މީހުން ފިލާފައިވެސް އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ގަވައިދާ ހިލާފު މީހުން ރަނގަޅުކުރުމުގެ ޕްރޮގުރާމުގެ ތެރެއިން 43000 ބިދޭސީން ރަނގަޅުވާން އެދިފައިވާކަމަށާއި ކޮވިޑުގެ ކަންކަމާ ދިމާނުވިނަމަ ގިނަ ބަޔަކު ގަވާއިދުގެ ތެރެއަށް ފެއްތުނީސް ކަން މިނިސްޓަރު ފާހަކުރެއްވިއެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ކަނޑު ބޯޓެއްގައި ފޮނުވާނުލެވޭނެ ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ 3،800 އެއްހާ ބިދޭސީން މި އަހަރު ރާއްޖޭން ފޮނުވާލާފައިވާއިރު އެކަމަށް ބަންގްލަދޭޝްގެ ސަރުކާރުގެ އެއްބާރުލުން ލިބޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ގަދަކަމުން އެ ބިދޭސީން ފޮނުވާލަން އުޅޭ ނަމަ އެ އެއްބާރުލުން ނުލިބޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މި މައްސަލާގެ މޫތައް މުޅި ރާއްޖެ އަށް ފެތުރިފައިވާއިރު މިކަމުގައި ހުރަސް އަޅާނެ ގިނަ ބަޔަކު އުޅޭނެ ކަމަށެވެ. އެފަދަ މީހުން އެ މަސައްކަތަށް ހުރަސް އަޅަމުން ދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުމަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް މަޖިލީހުގެ މެމްބަރުންގެ ކިބައިން މިނިސްޓަރު އެދިވަޑައިގަތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355