އިމްޕޯޓް އެކްޕޯޓް ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސޯދު ދުޅަހެޔޮވެގެން ދާނެ ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް ވިދާޅުވެއްޖެ އެވެ.
އިމްޕޯޓް އެކްޕޯޓް ގާނޫނަށް ޔާސިރު ހުށައެޅުއްވި އިސްލާހުގައި ވާގޮތުން އުތުރާއި ދެކުނުގައި ގާއިމްކޮށްފައިވާ ޕޯޓުތަކަށް އެތެރެކުރާ މުދަލުން 50 ޕަސެންޓް ޑިއުޓީ މާފުކުރާނީ އެ މުދަލެއް އެ ޕޯޓް ހުންނަ ރަށުގައި ގުދަން ކުރާނަމަ އެވެ.
އިސްލާހާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޔާސިރު ވިދާޅުވީ މި ގާނޫނުގެ ދަށުން މާލެ ފިޔަވައި އެހެން ސަރަހައްދުތަކަށް އެތެރެކުރެވޭ ތަކެތީގެ ތެރެއިން އިމްޕޯޓް ޑިއުޓީ މައާފުކޮށްދެވޭނީ އެ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގައި ގުދަން ކުރެވޭ ނުވަތަ ސަރަހައްދީ ބަނދަރު ނިސްބަތްވާ ރަށުގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށްކަމަށެވެ.
އަދު ފާސްކުރެވުން އިމްޕޯޓް އެކްސްޕޯޓް ޤާނޫނުގެ އިސްލާހުތަކާއެކު ދިވެހިރާއްޖޭގެ އުތުރާއި ދެކުނުގެ އިޤްތިޞޯދީ ދުޅަހެކޮކަން އިތުރުވެގެންދާނެ ކަމުގައި ދެކެން. ޝުކުރު ހައްޤު ރައީސް @MohamedNasheed ރައީސުލް ޖުމްޙޫރިއްޔާ @ibusolih، އެމް.ޑީ.ޕީގެ އެންމެހާ މެމްބަރުން
— Yasir Abdul Latheef (@YasirLathyf) July 15, 2020
މި އިސްލާހްތައް ފާސްވެގެންދިއުމާގުޅިގެން ޔާސިރު އިއްޔެ ވިދާޅުވެފައިވަނީ އިއްޔެއަކީ ދިވެހި ތާރީހުގައި ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާނެ ދުވަހެއް ކަމަށެވެ
އެކްސްޕޯޓް އިމްޕޯޓްގެ ޤާނޫނު ބޮޑެތި އިސްލާހުތަކަކާއެކު ފާސްވެގެންގޮސްފައިވާއިރު މިކަމުގެ ސަބަބުން ރާއްޖޭގެ މައި ބަނދަރު ކަމުގައިވާ މާލެ ބަނދަަރަށް ލުއިކަން ލިބި ރާއްޖޭގެ އުތުރާއި ދެކުނުގެ އިގްތިސޯދަށް ދުޅަހެޔޮކަން ލިބިގެންދާނެ ކަމަށެވެ.
އިމްޕޯޓް އެކްސްޕޯޓްގެ ގާނޫނަށް އިއްޔެ ފާސްކުރި އިސްލާހްތަކާއެކު މާލެ ސަރަހައްދު ފިޔަވާ ދިވެހިރާއްޖޭގެ އިންޓަނޭޝަނަލް ކަނޑުގެ އަދި ވައިގެ ބަނދަރުތަކަށް އެތެރެ ކުރެވޭ މުދަލުން ދުންފަތާއި ދުންފަތުން ތައްޔާރު ކޮށްފައި ހުންނަ ބާވަތްތަކާއި އީ-ސިނގިރޭގް އަދި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި، ބަނގުރަލާއި ބަނގުރާ އެކުލެވޭ ބާވަތްތަކާއި، އޫރުމަހާއި އޫރުމަސް އެކުލެވޭ ބާވަތްތައް ފިޔަވާ އެހެން ހުރިހާ މުދަަލަކުން %50 މާފުވެގެންދާނެ އެވެ.
ޔާސިރު ވިދާޅުވީ، މިކަމުގެ ހަގީގީ ފައިދާ ލިބިގެންދާ ސަބަބަކީ މި ބަނދަރުތަކުން ޑިއުޓީ މާފު ކުރެވެނީ އެ ސަރަހައްދީ ބަނދަރެއް ނިސްބަތްވާ ރަށެއްގައި އެ މުދަލެއް ގުދަން ކުރެވި ނުވަތަ އެ ބަނދަރެއް ނިސްބަތްވާ ރަށެއްގެ ލޯކަލް ބަނދަރުން ބޭރުކުރެވޭ މުދަލަށް ކަމުގައި މިއަދު ފާސް ކުރެވިފައިވާތީ ކަމަށެވެ. މި އިސްލާހްތައް ފާސްކޮށްދެއްވުމަށް ވޯޓްދެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށް ޔާސިރު ވަނީ ޝުކުރުއަދާކުރައްވާފައި އެވެ.