twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކޮވިޑްގެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުތެރޭ ރާއްޖެ ހިމެނޭނެ: ހެލްތް މިނިސްޓަރު

ނަބީލާ އިސްމާޢީލް
Jul 22, 2020

ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވެއްޖެ އެވެ.

ލ ގަން އަދި ގއ ވިލިނގިލީގައި ގާއިމް ކުރި ކޮވިޑަށް ފަރުވާދޭ ސެންޓަރުތައް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވަހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ސަރުކާރުން މަސައްކަތް ކުރަނީ ބަލިން ރައްކާތެރިވުމަށް ކުރާ މަސައްކަތް ކުރަނީ ދުރާލާ ރާވައިގެން ކަމަށާއި ވަކި ވަގުތަކަށް މަޑުނުކުރާ ކަމަށެވެ.

ވެކްސިނެއް އުފެއްދުމުން އެ އެންމެ އަވަހަށް ހޯދުމަށް ޑަބްލިއުއެޗްއޯއާ މިހާރުން ފެށިގެން މަޝްވަރާކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޑަބްލިޔުއެޗްއޯ އިން އިސްނަގައިގެން ފެށި "ކޯލް ފޯ އެކްޝަން" ގައި އެންމެ ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭ ރާއްޖެ ހިމެނޭ ކަމަށާއި، އެ ޕްރޮގްރާމުގައި ބައިވެރިވީ ރާއްޖެ ފަދަ ވަސީލަތް މަދު ގައުމަކަށް ވެކްސިނެއް ހޯދުމުގެ މުހިއްމުކަން ވަޒަންކުރެވޭތީ، ދުރާލާ ކުރެވުނު މަސައްކަތެއްގެ ގޮތުގައި ކަމަށެވެ.

މި ބަލިން ސަލާމަތްވުމަށް ރާއްޖެއިން ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި މި ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތް އެހެން ގައުމުތަކާ އަޅާބަލާއިރު ފުރިހަމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ އަމީން ވިދާޅުވީ، ކޮވިޑް-19ގެ މި ހާލަތާއެކު ރާއްޖޭގެ ސިއްހީ ނިޒާމު ލާމަރުކަޒުކޮށް، ޓެލެމެޑިސިންގެ މުހިއްމުކަން ވަރަށް ބޮޑަށް ހާމަވެގެންގޮސްފައިވާކަމަށެވެ. އެހެންކަމުން ދިވެހިރާއްޖެއިން ކޮވިޑް-19ގެ މި ހާލަތުން އަރައިގަނެވުނުހާ އަވަހަކަށް، ޓެލެމެޑިސިންގެ ދާއިރާ އިތުރަށް ހަރުދަނާކޮށް، އަތޮޅުތެރޭގެ ސިއްހީ ހިދުމަތްތަކާއި ވަސީލަތްތަކަކީ ރައްޔިތުންގެ އިތުބާރާއި ބަލައިގަތުން ލިބިފައިވާ ޓެކްނޮލޮޖީއާއި ރައްޓެހި ކަންކަކަމަށް ހެއްދެވުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355