twitterviber whatsapp telegramfacebookyoutube instagram
21st September 2020

ދިރާގު ޓިވީއާއެކު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މާވަށަށް

ޚަދީޖާ އާދަމް
Jul 22, 2020

ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގު ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ލ. މާވަށަށް އިފްތިތާހު ކޮށްފިއެވެ.

އެގޮތުން މިހާރު ދިރާގު ޓީވީގެ ހުރިހާ ޗެނަލަކާއި އޮން-ޑިމާންޑްގެ ކޮންޓެންޓްތައް އަގާއި ކޮލިޓީގެ އެއްވެސް ތަފާތެއްނެތި މިހާރު މާވަށުގެ ރައްޔިތުންނަށް ބަލާލެވޭނެ ކަމަށް ދިރާގުން ބުންޏެވެ

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީއަށްދިވެހިންގެ މެދުގައި އެންމެ މަޤުބޫލު އެއް ނެޓްވޯކް ކަމަށްވާ "ސްޓާ" ނެޓްވޯކްގެ ޗެނަލްތައްވެސް ދާދިފަހުން ވަނީ ތައާރަފުކޮށްފައިއެވެ.

ދިރާގުން ބުނީ ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކުގައި ޑޭޓާ އެލަވަންސްތައް ލިބޭ ގިނަ ޕެކޭޖްތަކެއް ހިމެނޭނެ ކަމަށެވެ.

ފައިބާ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތް މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ. މީގެ ތެރޭގައި 60 ރަށް ހިމެނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355