twitterviber whatsapp telegramfacebookyoutube instagram
25th September 2026

ރާއްޖެ އަލުން ބަންދުކުރުމުގެ ވިސްނުމާއި މަޖިލީހުގެ ރައީސް ދެކޮޅު

ނަބީލާ އިސްމާޢީލް
Jul 29, 2020

ރާއްޖެ އަލުން އަނބުރާ ބަންދު ކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ބޮޑު ގެއްލުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރާއީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެ ލޮކްޑައުންކޮށް، ބޯޑަރުތައް ބަންދު ކުރުމަށް ފަހު އަލުން ހުޅުވީ މިމަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް ރާއްޖެއިން އެ ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަނެއްކާވެސް އިތުރުވާން ފެށުމުން ފިޔަވަޅުތައް ވަރުގަދަ ކުރަމަށް މަޝްވަރާތައް އަންނަނީ ކުރަމުން ނެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ ރާއްޖެ އަލުން ބަންދު ކުރުމަކީ ދިވެހިންނަށް ފައިދާ ހުރި ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ކޮވިޑް ރޯގާ އާ އެކު އުޅެވޭނެ ގޮތް ހޯދަން ޖެހޭކަމަށެވެ. އަދި އެ ބަލިން ސަލާމަތްވުމަށްޓަކައި ގައުމު ބަންދުކޮށް، ވިޔަފާރިތައް ބަނގުރޫޓްވާން ޖާގަ ދީފި ނަމަ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ވެސް އެމަނިކުފާނުގެ ޓްވީޓްގައިވެ އެވެ.

ބޮޑަރު އަލުން ބަންދު ކުރުމަކީ، ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށް ނަޝީދު ވިދާޅުވި އިރު، ކޮވިޑް-19ގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނުވެސް 137 ކޭސް ވަނީ ފެނިފަ އެވެ. އޭގެ ތެރެއިން 92 މީހުންނަކީ ދިވެހިންނެވެ.

ރާއްޖެ އިން 3،500 އަށް ވުރެން ގިނަ މީހުންނަށް މި ބައްޔަށް ޕޮޒިޓިވްވެފައިވާ އިރު 15 މީހަކު ވަނީ މި ބަލީގައި މަރުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293