twitterviber whatsapp telegramfacebookyoutube instagram
26th April 2024

އެއާ އިންޑާޔާގެ ފްލައިޓު ވެއްޓުމާއި ގުޅިގެން ރައީސް ތައުޒިޔާ ފޮނުވައިފި

ޚަދީޖާ އާދަމް
Aug 8, 2020

ކޮވިޑް19 އާ ގުޅިގެން ދުބާއީގައި ތާށިވެފައި ތިބި އިންޑިއާގެ ރައްޔިތުން ގޮވައިގެން ކެރެލާއަށް ދަތުރުކުރި ބޯޓު ރަންވޭ މަތިން ކަހާލައިގެން ރޭ ހިނގި ހާދިސާއާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.

އެ ހާދިސާއާ ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފްލައިޓު ވެއްޓުނު ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައި ކަމަށާއި އެ ހާދިސާގައި އަސަރުކުރި މީހުންނާއި އެމީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާ ކަމަށެވެ.

އެއާ އިންޑިއާ އެކްސްޕްރެސްގެ ބޯއިން 737 މަރުކާގެ އެ މަތިންދާބޯޓު ކެރެލާއަށް ދިޔައީ ކޮރޯނާވައިރަހުގެ ސަބަބުން ދުބާއީގައި ތާށިިވި މީހުން ގޮވައިގެންނެވެ.

ބޯޓުގައި ކުޑަކުދިންނާއި ކްރޫ ހިމެނޭގޮތުން، 184 މީހުން ދަތުރުކުރިއެވެ. އަދި އެ ހާދިސާގައި 18 މީހަކު މަރުވެފައި ވާކަން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. އޭގެ ތެރޭގައި ބޯޓުގެ ދެ ޕައިލެޓުން ވެސް ހިމެނެއެވެ.

ކާލިކަޓު އިންޓަނޭޝަނަލް އެއާޕޯޓުގައި އެބޯޓު ރޭ ފުރަތަމަ ޖައްސަން މަސަައްކަތް ކުރި ވަގުތު ބޯކޮށް ވާރޭ ވެހެމުން ދިޔުމުން ބޯޓު ޖެއްސޭ ގޮތެއް ނުވި އެވެ. އަދި ދެވަނަ ފަހަރު ޖައްސަން މަސައްކަތް ކުރުމުން ރަންވޭ މަތިން ކަހާލައިގެން ގޮސް، 35 ފޫޓު ތިރިއަށް ވެއްޓި، ދެ ފަޅިވީ އެވެ.

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓްރީން ވަނީ އެގައުމުގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށް ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355