twitterviber whatsapp telegramfacebookyoutube instagram
5th August 2026

ނެއްލައިދޫ ބަނދަރު މަރާމާތުގެ 30 ޕަސެންޓް ނިމިއްޖެ

ޚަދީޖާ އާދަމް
Aug 9, 2020

ހދ. ނެއްލައިދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ %30 ނިމިފައިވާކަމަށް އެމްޓިސީސީން ބުނެފިއެވެ. މި މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ބޭސިން ފުންކުރުމާއި،10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް މަރާމާތު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ބަނދަރު ފުން ކުރުމުގެ %45 މަސައްކަތްވެސް ވަނީ ނިމިފައެެވެ. މީގެ އިތުރުން މި މަޝްރޫއު ނިމޭއިރު ބަނދަރު ބޭރުގައި 164 މީޓަރުގެ ތޮއްޓެއް، އަދި އެއްގަމުގައި 224 މީޓަރުގެ ތޮއްޓެއް ލެވިގެންދާނެއެވެ.

2،102 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރެއިން ނިމޭނެއެވެ.

27 އޯގަސްޓް 2019 ގައި ހައުސިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮގެން ކުރިއަށް ގެންދާ މި މަޝްރޫއުއަށް 47,623,290.28 (ސާޅީސް ހަތް މިލިއަން ހަ ލައްކަ ތޭވީސް ހާސް ދުއިސައްތަ ނުވަދިޔަ ރުފިޔާ އަށާވީސް ލާރި) ރުފިޔާ ހަރަދުވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355