twitterviber whatsapp telegramfacebookyoutube instagram
1st January 2026

ބަޖެޓް ސަޕޯޓަށާއި ބްރިޖް އެޅުމަށް އިންޑިޔާގެ ބޮޑު އެހީއެއް ރާއްޖެއަށް

ޚަދީޖާ އާދަމް
Aug 13, 2020
2

ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާއިން ރާއްޖެއަށް 250 މިލިއަން ޑޮލަރުގެ އެހީއެއް ދީފި އެވެ.

މިކަން ހާމަކުރައްވާ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަަދު ރާއްޖެއަށް ބަޖެޓް ސަޕޯޓްގެ ގޮތުގައި 250 މިލިއަން ޑޮލަރުގެ އެހީއެއް އަދި ގްރޭޓާ މާލެ ބްރިޖްގެ މަޝްރޫއަށް 500 މިލިއަން ޑޮލަރު އެހީއެއް އިންޑިޔާއިން ދެއްވާފައިވާ ކަމަށެވެ.

500 މިލިއަން ޑޮލަރު ގެ އެހީއަކީ މާލެ ވިލިނގިލި ތިލަފުށި އަދި ގުޅިފަޅު ގުޅުވާލުމަށް އަޅާ ބްރިޖަ ދީފައިވާ އެހީއެެކެވެ. މީގެ ކުރިންވެސް ސަރުކާރުން ވަނީ މި ބްރިޖަކީ އިންޑިޔާގެ ހިލޭ އެހީވެސް ހިމަނައިގެން އަޅާ ބްރިޖެއް ކަމަށް ވިދާޅުވެފައެވެ.

މި ދެ އެހީވެސް ދެއްވަން ނިންމީ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރު މިއަދު ރާއްޖޭގެ ފޮރިން މިނިސްޓަރަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިން ކަމަށް ފޮރިން މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ބަޖެޓް ސަޕޯޓުގެ ގޮތުގައު އިންޑިޔާއިން އެހީ ދީފައިވާއިރު ރާއްޖޭގެ ރިޒާވް ވަރަށް ބޮޑަށް ދަށްވެފައިވާކަމަށް މިއަދު ވަނީ އެކޮނޮމިކް މިނިސްޓްރީން ހާމަކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355