ކޮވިޑަށް ޕޮޒިޓިވްވުމުން ކަރަންޓީން ފެސިލިޓީއަށް ގެންދިއުމަށް އިސްކަންދޭނެ މީހުން ކަނޑައަޅައި އުސޫލެއް މިއަދު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފި އެވެ.
އުސޫލުގައިވާ ގޮތުން ޕޮޒިޓިވްވާ މީހުން އަވަހަށް އެކަހެރިކޮށް ބަލި ޖެހުމުގެ ސަބަބުން ވާނެ ނުރައްކާ ކުޑަކުރުމަށްޓަކައި އެފަދަ މީހުން ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ގެންދަން ޖެހޭނެ ކަމަށެވެ.
ކޯވިޑް-19އަށް ޕޮސިޓިވް ވެއްޖެނަމަ ޢަމަލު ކުރަންޖެހޭ ގޮތުގެ އުސޫލު
— Health Protection Agency (@HPA_MV) August 13, 2020
(މިއުސޫލުން މީހަކު ޕޮސިޓިވުމުން ފެސިލިޓީއަށް ދިޔުމުގެ ކުރިން ޢަމަލު ކުރަންޖެހޭ ގޮތްތައް އަންގައިދޭ)
އިތުރު މަޢުލޫމާތު:https://t.co/l5MNnZiCtP
ޕޮޒިޓިވްވާ މީހުންގެ ތެރެއިން ފެސިލިޓީއަކަށް ގެންދިއުމުގައި އިސްކަން ދޭނެ މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ކޮވިޑް ޖެހުމުން ނުރައްކާ ވާނެ ފަދަ ބައްޔަކަށް ފަރުވާ ހޯދާ މީހުން (ހަކުރުބަލި، ކިޑްނީ ބަލި، ހިތުގެ ބަލި) މީހުންނާއި ކޮވިޑް ޖެހުމުން ނުރައްކާވާނެ ފަދަ ބައްޔަކަށް ފަރުވާ ހޯދަ މީހުންނާ އެކު ދިރިއުޅޭ މީހުން ނެވެ.
ކޮވިޑަށް ޕޮޒިިޓިިވް ވެއްޖެކަން ގެއިން ބޭރުގައި ހުއްޓާ އެނގިއްޖެ ނަމަ، މާސްކު އަޅައިގެން ވީހާ ވެސް އަވަހަކަށް ގެއަށް ދާން ޖެހޭނެ ކަމަށާއި އެހެން މީހަކު ދުއްވާ ވެހިކަލެއްގައި ދިއުމުގެ ބަދަލުގައި އަމިއްލަ ހިނގާފައި ދިއުން ރަނގަޅު ކަމަށް އެ ބަޔާނުގައިވެ އެވެ. ގެއަށް ދިއުމަށް ފަހު ވަކި ކޮޓަރިއެއްގައި އެކަހެރިވުމަށާއި ވަކި ކޮޓަރިއެއް ނެތް ނަމަ، އެހެން މީހުންނާ ވަކިން ދުރުގައި ހުންނަން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އެފަދަ ހާލަތެއްގައި އެންމެން ވެސް ސާޖިކަލް މާސްކު އަޅަން ޖެހޭނެ އެވެ.
ގޭގައި ހުއްޓާ ޕޮޒިޓިވްވެއްޖެކަން އެނގިއްޖެ ނަމަ، ވަކި ކޮޓަރިއެއްގައި ނުވަތަ ގޭގައި އުޅޭ މީހުންނާ ދުރުގައި ވަކިން ހުންނަން އުސޫލުގައިވެ އެވެ. ވަކި ކޮޓަރިއަކަށް ނުދެވޭ ނަމަ މި ހާލަތުގައި ވެސް އެންމެން މާސްކު އަޅަން ޖެހޭނެ އެވެ.
އުސޫލުގައިވާ ގޮތުން، ފެސިލިޓީއަކަށް ގެންދަން އައުމުން އިންކާރު ނުކޮށް ދިއުމަކީ ޕޮޒިޓިވްވާ މީހާގެ ޒިންމާއެކެވެ. އާއިލާއިން އަދާކުރަން ޖެހޭ ޒިންމާގެ ތެރޭގައި އޭނާއާ މެދު ކެތްތެރިކަމާ އެކު ކަންތައް ކުރުމާއި އޭނާ ބާކީ ނުކުރުން ހިމެނެ އެވެ.
މީގެ އިތުރުން އަމިއްލަ ސާފުތާހިރުކަމާއި ބޭނުންކުރާ ތަކެއްޗާއި ގޭތެރެ ޑިސްއިންފެކްޓެކްޓް ކުރާނެ ގޮތް ވެސް މި އުސޫލުގައި ވެ އެވެ.