twitterviber whatsapp telegramfacebookyoutube instagram
24th October 2026

އިހަވަންދޫ ބަނދަރު މަސައްކަތުގެ 22 ޕަސެންޓް ނިމިއްޖެ

ޚަދީޖާ އާދަމް
Aug 18, 2020

ހއ އިހަވަންދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 22 ޕަސެންޓް މަސައްކަތް ނިމިއްޖެ އެވެ. އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއަކީ 51.72 މިލިއަން ރުފިޔާގެ މަޝްރޫއެެކެވެ.

މި މަޝްރޫއުގެ ދަށުން 21،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް ބިންހިއްކުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 4,582 ސްކޮޔާ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

އެމްޓީސީސީ އިން ބުނީ ބަނދަރު މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށްދަނީ ފަޅު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. ފަޅުފުންކުރުމުގެ 46 ޕަސެންޓް މަސައްކަތް މިހާރު ނިމިއްޖެ ކަމަށްވެސް އެމްޓީސީސީ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293