twitterviber whatsapp telegramfacebookyoutube instagram
4th October 2022

ވެލި ފަދަ ތަކެތި ނެގޭނީ ހުއްދަ ލިބިގެން، ފުލުހުން ފިޔަވަޅު އަޅާނެ: ހަނިމާދޫ ކައުންސިލް

Sep 9, 2020
2

ކައުންސިލްގެ ހުއްދަ ހޯދުމަކާ ނުލައި ރަށުގެ އެކި ސަރަހައްދުތަކުން ވެލި، ގައު، އަކިރި ނުނެގޭނެ ކަމަށާއި ހުއްދަ ނެތި އެތަކެތި ނަގާކަމަށްވާނަމަ ފުލުހުން ފިޔަވަޅު އަޅާނެކަމަށް ހަނިމާދޫ ކައުންސިލުން ބުނެފި އެވެ.

އެ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ރަށުގެ އެކި ސަރަހައްދުތަކުން ވަޅުކޮނެގެން ވެލި ނެގުން ވަރަށް ބޮޑަށް އާންމުވެފައިވާ ކަމަށެވެ.

މިކަމުގެ ސަބަބުން ރަށު އެކި މަގުތަކަށް ނުރައްކާވާ ވަރަށް ދަތިވެ އިތުރުވެ، ލިބިދާނެ ގެއްލުމަކަށް ބެލުމެއްނެތި ވެލި ނަގަމުންދާތީ ރަށުގެ އެއްވެސް ސަރަޙައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްޗެއް ނަގަންވާނީ ކައުންސިލުން ހުއްދަ ހޯދައިގެންކަމަށް އެކައުންސިލުން ވަނީ އަންގާފައި އެވެ.

ކައުންސިލްގެ ހުއްދަ ނުހޯދައި މިތަކެތި ނަގައި ފަރާތްތަކާމެދު އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅާނެކަމުން ގެންދާނެކަމަށްވެސް ކައުންސިލުން ބުންޏެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވަނީ އެހެންވުމުން ރަށުގެ އެއްވެސް ސަރަހައްދަކުން ވެލި، ގައު، އަކިރި ފަދަ އެއްވެސް އެއްޗެއް ނަގަންވާނީ ކައުންސިލުން ލިޔުމުން ހުއްދަ ހޯދައިގެން ހުއްދަދޭ ސަރަހައްދަކުން ހުއްދަދިން ޢަދަދަކަށް ހުއްދަ ދެވިފައިވާ ތާރީހެއްގައި ކަމަށެވެ.

އަދި ވެލި، ގައު، އަކިރި ނަގައި މީހުން އެމަސައްކަތް ކުރާއިރު ކައުންސިލުން ދޫކުރި ލިޔުން، ފުލުހުން ބޭނުންވެއްޖެ ހިނދެއްގައި ދެއްކޭނެ ގޮތަށް ބޭއްވުމަށްވެސް ކައުންސިލުން އެދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355