twitterviber whatsapp telegramfacebookyoutube instagram
24th October 2026

މަކުނުދޫ ނެރު މައްޗަށް ސަޕްލައި ދޯންޏެއް އުރިއްޖެ

ނަބީލާ އިސްމާޢީލް
Sep 16, 2020

ހދ. މަކުނުދޫއިން ފުރައިގެން އެ އަތޮޅު ވައިކަރަދޫއަށް ދަތުރު ކުރަމުންދިޔަ ސަޕްލައި ދޯންޏެއް މަކުނުދޫ ނެރުމައްޗަށް އަރައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ 8 މީހުންނާއި އެކު ދަތުރު ކުރި "ނަމޫނާ" ނަމަކަށް ކިޔާ 85 ފޫޓްގެ މި ސަޕްލައިދޯނި ނެރުމައްޗަށް އެރުމުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ 02:08 ހާއިރު ކަމަށެވެ.

އެ ހާދިސާގައި މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެ ދޯނީގެ ތިބި މީހުން މަކުނުދޫއަށް އަރާފައިވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.

ހިލަ އާއި ސިމެންތި އަދި ދަގަނޑު ބަރުކޮށްގެން ދަތުރުކުރި އެ ދޯނި ވަނީ އެ މުދަލުން ބައެއް މަކުނުދޫއަށް ބާލާފައި ކަމަށާއި، ނެރު މައްޗަށް އަރާފައި ވަނީ ފަޅުން ނުކުންނަން އުޅުމުގެ ތެރޭގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293