twitterviber whatsapp telegramfacebookyoutube instagram
28th March 2024

މިއީ ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީކުރުމަށް އެޅުނު ބިންގަލެއް: ޝާހިދު

އަބްދުލް ވާހިދު ޙަސަން
Sep 26, 2020
1

ުޅުދުއްފުށި ކާގޯފެރީން ގުޅާލެވިގެން މިދިޔަ ދިޔުމަކީ މުޅި ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީވެ ކުރި އަރައި ދިޔުމުގެ ބިންގާކަމުގައި ފޮރިން މިނިސްޓަރ އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ކޮޗިން އިން ފުރައިގެން މިއަދު ކުޅުދުއްފުއްޓަށް އައި ކާގޯފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނެސްފައިވެ އެވެ. މިރަސްމިއްޔާތު ފެށުމުގެ ގޮތުން މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، މި ކާގޯފެރީގެ ހިދުމަތަކީ އުތުރުގެ ތަރައްގީގެ ބިންގާ ކަމަށެވެ.

މިގޮތަށް ހުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސޯދަށް އަންނަ ދިރުމެއް ކަމަށާ ކާގޯފެރީގެ ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ ފެށުންކަމުގައި އެވެ.

"އަޅުގަނޑުމެން މިއަދު ފަށާ މި ފެށުމަކީ އުތުރަށް އަންނަ ތަރައްގީގެ ފެށުން. ހަގީގަތުގައި ހުޅުވާލެވޭ ކޮންމެ ދޮރަކީ. ހުޅުވާލެވޭ ކޮންމެ ފާލަމަކީ އިގްތިސޯދަށް އަންނަ ދިރުމެއް. އެތަނެއްގައި ހުންނަ މުދާ އަނެއް ތަނަކަށް ގެންދިޔުން މަގުފަހިކޮށް ދިނުން. އެއީ ހަގީގީ ދިރުން އައުމަކީ." ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، މިއަދު މިފެށުނު ކާގޯފެރީގެ ހިދުމަތުނ ފަހިވެގެންދާ އެންމެ ބޮޑުއެއް ކަމަކީ މާލެއަށް ބަރޯސާވެ ތަރައްގީގެ ކަންތައްތައް ކުރަމުން މިއައި އައުން ނިމުމަކަށް ގެނައުމުގެ ފެށުން ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ ބަނދަރަކަށް ސީދާ ބޭރުން މުދާ ގެނެސް އެ މުދާ ރާއްޖޭގެ އުތުރުގެ ސަރަހައްދުގައި ފެތުރިގެންދާނެ ގޮތް ފަހިކޮށްދެވިގެންދިޔުން ކަމަށާ މިއީ އެކަމަކާމެދު ފަހުރުވެރިވާން ޖެހޭނެ ކަމެއް ކަމަށެވެ.

މީގެ ނަތީޖާ ކުރިއަށް އޮތް އަހަރުތަކުގައި އެތައް ގޮތަކުން ފެންނާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އިރާދަކުރެއްވިއްޔާ އެކަންކަން ހާސިލުވެގެންދާނެ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްގެ ވިސްނުންފުޅަކީ ރައްޔިތުންނަށް ފައިދާވާ ކަންކަން ހާސިލްކޮށްދިނުން. ކުޑަގޮތަކަށް މިއަދު ފެށިގެން މިދާ ފެރީ ސާވިސް އަކީ، މި އެޅޭ ބިންގަލަކީ މުޅި ބޮޑުތިލަދުންމަތި ބޮޑުކޮށް ތަރައްގީވެ ކުރި އަރާދިޔުމުގެ ބިންގާކަމުގައި ގަބޫލުފުޅު ކުރައްވާ." ޝާހިދު ވިދާޅުވި އެވެ.

މި ސަރުކާރު އައީ ވައުދުތަކެއް ވަމުންކަމަށާ ލާމަރުކަޒީ ކުރާނެކަމޭ ބުނެ ރައްޔިތުންނަށް ކުރެހުމެއް ދައްކަމުންކަމަށެވެ. އަދި މިއަދު ފެނިގެން މިދަނީ އެ ކުރެހުމުގައި ކުލަޖެހެމުންދާ މަންޒަރު ކަމަށެވެ. ޝާހިދު ވިދާޅުވީ މި ސަރުކާރުން ކަން ކުރާނެ ކަން މިއަދު މިއޮތީ ފެންނަ ކަމަށާ ލާމަރުކަޒީ ކުރުމަކީ ހަމައެކަނި ގާނޫނަކު އެކަނި ފުއްދާލެވޭކަމެއް ނޫންކަމަށެވެ.

"މިއަދަކީ ބޮޑުތިލަދުންމަތި ބޮޑުކޮށް ދިއްލުމުގެ ފެށުން ފާހަގަކުރާ ދުވަސް، މިއަދަކީ ކުޅުދުއްފުށި އަލުން އާރާސްކޮށް، ކުޅުދުއްފުށީ ބޮޑު މުހައްމަދު ކަލޭފާނުގެ ޒިކުރާ އާކޮށް، އެ މައްޗަށް އާ ބިނާތަކެއް ބިނާކުރުމަށް ފެށުނު ދުވަސް. މިއަދަކީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހްއަކީ ވައުދުވެވަޑައިގަންނަވައި ވައުދު ފުއްދަވައި ބޭފުޅެއްކަން ތާރީހުގައި އަނެއްކާވެސް ލިޔެވިގެންދާނެ ދުވަސް." ޝާހިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355