twitterviber whatsapp telegramfacebookyoutube instagram
20th April 2024

ކުޅުދުއްފުށީ ކައުންސިލާއި އެޗްޑީސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ޚަދީޖާ އާދަމް
Oct 7, 2020
2

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ކުޅުދުއްފުށީ ކައުންސިލާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުމުގެ ދަށުން ކުޅުދުއްފުށީ ކައުންސިލަށް ބޭނުންވާ ފަންނީ އެހީ ތެރިކަން އެޗްޑީސީން ފޯރުކޮށްދޭނެ އެވެ.

ކުޅުުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުލަތީފް ހަސަން ކޭއޯއަށް މައުލޫމާތު ދެމުން ވިދާޅުވީ މި އެއްބަސް ވުމުގެ ބޭނުމަކީ ކައުންސިލްގައި ފަންނީ ތަޖުރިބާ ކާރުން މަދުވުމާއެކު ކުރިއަށް އޮތްތަނުގައި ރަށުގެ ބިން ބޭނުންތެރިގޮތުގައި ބޭނުން ކުރުމަށް އެޗްޑީސީން ފަންނީ އެހީތެރިކަން ހޯދުން ކަމަށެވެ.

އެޗްޑީސީން ހުޅުމާލެ ތަރައްގީ ކުރުމަށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓަށް އަލި އަޅުވާލާ ލަތީފް ވިދާޅުވީ މި އެއްބަސް ވުމުގެ ދަށުން ރަށުގެ ބިން ރަނގަޅު ގޮތުގައި ބޭނުން ހިފުމަށް އެޗްޑީސީގެ ފަރާތުން ކައުންސިލަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެކަމަށެވެ.

މި އެއްބަސް ވުމަކީ އެޗްޑީސީން ފެށި "އެޗްޑީސީ ބިޔޯންޑް ހުޅުމާލެ" ޕްްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަށް ތަރައްޤީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން ވެވުނު އެއްބަސްވުމެކެވެ.

ލަތީފް ވިދާޅުވީ މި ފުރުސަތަކީ ކުޅުއްދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލަތީފް ފަހިކޮށްދެއްވި ފުރުސަތެއްކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލެ ތަރައްގީ ކުރުމަށް ވޭތުވެދިޔަ އަހަރުތަކުގައި އެޗްޑީސީން ކުރި މަސައްކަތްތަކުގެ ލިބުނު ތަޖުރިބާތައް ހިއްސާކޮށް ޕްލޭން ކުރެވިގެން ތަރައްގީގެ މަޝްރޫތައް ހިންގާނެ ގޮތާއި ތިމާވެއްޓާއި ރަހުމަތްތެރި ސިޓީއަކަށް ބަދަލުވުމަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355