twitterviber whatsapp telegramfacebookyoutube instagram
19th April 2024

ކުޅުދުއްފުށިން އިތުރު 23 ސާމްޕަލެއް ނަގަނީ

ޚަދީޖާ އާދަމް
Oct 7, 2020
2

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ފުލުހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ކުރިއަށް ގެންދިޔަ ކޮންޓެކްޓް ޓެރޭސިންގެ ތެރެއިން ނެގުނު ސާމްޕަލްތަކުގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށިން އިތުރު ސާމްޕަލްތައް ނެގުމަށް ނިންމައިފި އެވެ.

އެގޮތުން އިތުރަށް ސާމްޕަލް ނަގާނި މި ކޭސްއާއި ގުޅިގެން ފަހުން ޕޮޒިޓިވްވި ދެ މީހުންގެ ކޮންޓެކްޓް ޓްރޭސިން ފާހަގަވި ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން ކްލޯސް ކޮންޓެކްޓުގެ ގޮތުގައި ފާހަގަވާ ފަރާތަކެވެ. އެގޮތުން ނަގަން ނިންމާފައިވަނީ 23 ސާމްޕަލެވެ.

ކޭއޯއަށް އެނގިފައިވާގޮތުގައި ފަހުން ޕޮޒިޓިވްވެފައިވަނީ ޑައިރެކްޓް ކޮންޓެކްޓްގެ ގޮތުގައި ފާހަގަކުރެވުނު ދެ ފުލުހެކެވެ. ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން އެ މީހުން ތިބީ އެކަހެރިކޮށްފަ އެވެ.

ކުޅުދުއްފުށީގައި މަސައްކަރާ ފުލުހަކު ޕޮޒިޓިވްވުމާއި ގުޅިގެން ކުޅުދުއްފުށިން 10 މީހަކު އެކަހެރިކޮށްފައިވާއިރު ތެރޭގައި ހިމެނެނީ 6 ފުލުހަކާއި ފުލުހުންގެ ލޯންޗުގައި މަސައްކަތްކުރާ ތިން މުވައްޒަފަކާއި އާންމުންގެ މީހެކެވެ.

މި ކޭސްއާއި ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.

ކުޅުދުއްފުށީގެ އިތުރުން ހއ އަދި ށ އަތޮޅުންވެސް ދަނީ އިތުރު ސާމްޕަލްތައް ނަގަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355