twitterviber whatsapp telegramfacebookyoutube instagram
16th April 2024

ޕޮލިސް ކޭސް: ފޯކައިދޫން ވެސް ފުލުހަކު ޕޮޒިޓިވްވެ އަދަދު 7 އަށް

ނަބީލާ އިސްމާޢީލް
Oct 8, 2020

މާލޭން އައި ފުލުހުންނާ ކޮންޓެކްޓްވެ، ށ ފޯކައިދޫގައި މަސައްކަތްކުރާ ފުލުހަކުވެސް ކޮވިޑް-19 އަށް ޕޮޒިޓިވްވެ މި ކޭސްއާ ގުޅިގެން ޕޮޒިޓިވްވި މީހުންގެ އަދަދު 7 އަށް އަރައިފި އެވެ.

މިކޭސްއާ ގުޅިގެން ފޯކައިދޫން ވަނީ 6 ސާމްޕަލެއް ނަގާފަ އެވެ. އެހެންވުމުން އެރަށުގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ އަހުމަދު ދާއޫދު ވިދާޅުވި އެވެ. ޕޮލިސް ކްލަސްޓާއާ ގުޅިގެން ދިއްދޫންވެސް ރޭ ވަނީ ދެ ފުލުހަކު ޕޮޒިޓިވްވެފަ އެވެ. އެހެންވެ އެރަށުގެ ކޮންޓެކްޓް ޓްރޭސިން ހަދައި 16 މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

އޭގެ ތެރެއިން 5 މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ. ދިއްދޫން ފުރަތަމަ ނަގައި ޓެސްޓްކުރީ 29 ސާމްޕަލެވެ.

ޕޮލިސް ކްލަސްޓާއާ ގުޅިގެން އިއްޔެ ކުޅުދުއްފުށިންވެސް ވަނީ 23 ސާމްޕަލެއް ނަގާފައި އެވެ. އެ ހުރިހާ ސާމްޕަލްތަކެއް ނެގެޓިވްވެފައިވާކަމަށް ކޭއާރުއެޗުގެ މެނޭޖަރު ވަނީ ވިދާޅުވެފަ އެވެ.

މިހާތަނަށް ކުޅުދުއްފުށިން ވަނީ މި ކޭސްއާ ގުޅިގެން 33 ސާމްޕަލް ނަގާފައިވާއިރު އަދި މި ކްލަސްޓާއާ ގުޅުން ހުރި 137 ސާމްޕަލް ތިން އަތޮޅުން ވަނީ ނަގާފަ އެވެ. މީގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 7 މީހުންނެވެ. މި ވަގުތު މި ކްލަސްޓާ ޕޮޒިޓިވްވެފައި ވަނީ ކުޅުދުއްފުށިން 2 މީހުންނާއި ކުރިނބީން މިހަކާއި ދިއްދޫއިން 3 މީހުން އަދި ފޯކައިދޫން މީހަކު އެވެ. މިއީ މުޅިންވެސް މާލެއިން އައި ފުލުހުންނާ ކޮންޓެކްޓްވެފައިވާ ފުލުހުންނެވެ.

ޕޮލިސް ކްލަސްޓާއާ ގުޅިގެން ކުޅުދުއްފުށީގެ އިތުރުން 9 ރަށަކުން ވަނީ ޑައިރެކްޓް ކޮންޓެކުޓުގެ ގޮތުގައި މީހުން ފާހަގަ ވެފައެވެ. އެއީ ހދ ކުރިނބީ، ށ އަތޮޅުން ފުނަދޫ، މިލަންދޫ، ފޯކައިދޫ އަދި ކަނޑިތީމެވެ. އަދި ހއ އަތޮޅުން ދިއްދޫ، ހޯރަފުށި އަދި ބާރަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355