twitterviber whatsapp telegramfacebookyoutube instagram
22nd September 2026

އިހަވަންދޫ އިންޖީނުގޭގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

ނަބީލާ އިސްމާޢީލް
Oct 13, 2020

ހއ.އިހަވަންދޫ އިންޖީނުގޭގައި އަލަށް އިމާރާތްކުރާ އޮފީސް އިމާރާތުގެ ޢަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަޝްރުއުގެ އަމަލީ މަސައްކަތް ފެށުމަށް އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އޮފީސް އިމާރާތުގެ ބިންގާ އަޅުއްވައިދެއްވި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ އަމިއްލަ ކުންފުންޏެއްކަމަށްވާ އޯޝަން ގޭޓް ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. އެ ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ފެނަކަ މެނޭޖިން ޑިރެކްޓަރު ސައީދެވެ. އަދި އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުސްތަފާ އެވެ.

ދެ ބުރިއަށް ހަދާ އިހަވަންދޫ އާ ފެނަކަ އޮފީސް އިމާރާތުގައި މީޓިން ރޫމަކާއި ރިސެޕްޝަން އަދި ލޮބީ އޭރިއާއެއްގެ ިއތުރުން ރެސްޓް ރޫމާއި ޓެރަހެއް ހިމެނެ އެވެ. އަދި އެތަނުގައި 40 އަށްވުރެ ގިނަ މުވައްޒަފުންނަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ ކަމަށް ފެނަކައިން ބުނެއެވެ.

އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އަދި އެއްބަސްވުމުގައިވާ ގޮތުން އަންނަ އަހަރުގެ ޖުލައި އަށް ވަނަ ދުވަހަށް މަސައްކަތް ނިންމައި ތަން ހަވާލުކުރަން ޖެހޭނެ ކަމަށް ފެނަކައިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293