twitterviber whatsapp telegramfacebookyoutube instagram
4th May 2024

މިއީ ހިޖުރަކުރާ ދޫނިތައް އަންނަ ދުވަސް ވަރެއް، ހިފާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނަން: އީޕީއޭ

ނަބީލާ އިސްމާޢީލް
Oct 22, 2020
2

ރާއްޖެ އަށް ހިޖުރަކުރާ ދޫނި ހިފައި އެއަށް ގެއްލުން ދިނުން އިތުރުވެފައިވާ ކަމަށާއި މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

އީޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަހަރުގެ މި ދުވަސްވަރަކީ ދޫނި ހިޖުރަކުރާ ދުވަސްވަރު ކަމަށާއި އެގޮތުން ރާއްޖެ އަށް ވެސް އިރުވާހުދާއި ފްލެމިންގޯ ފަދަ ދޫނި ހިޖުރަކުރާ ކަމަށެވެ.

ނަމަވެސް އެފަދަ ދޫނިތަކަށް ގެެއްލުންދީ ގޯނާކުރާ ކަމުގެ ޝަކުވާތައް އިތުރުވަމުން އަންނަ ކަމަށް އީޕީއޭ އިން ބުންޏެވެ. ހާމަ އަށް ހުންނަ ބިންތަކުގަ އާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރަ އާއި އެކި އާލާތްތައް ބޭނުންކޮށްގެން ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބޭތީ އީޕީއޭ އިން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

އެހެން ކަމުން ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އީޕީއޭ އިން ވަނީ ނަސޭހަތްތެރިވެފަ އެވެ.

ރާއްޖެއަށް ހުޖުރަކުރާ ދޫނި ހިފުމުގެ އިތުރުން އެއިން އެއްވެސް ބާވަތެއްގެ ދޫނި ގެންގުޅުމަކީ ވެސް މަނާކަމެކެވެ. އެ ދޫނީގެ ބިސް ނެގުމަކީ ވެސް މަނާކަމެކެވެ. ހާއްޔަށް ގޯނާ ކުރުމަކީ ވެސް އަދަބު ލިބޭނެ ކުށެކެވެ.

އެއުން އަމަލެއް ކޮށްފި ނަމަ 500ރ. ރުފިޔާއިން ފެށިގެން 50،000ރ. އަށް ޖޫރިމަނާ ކުރުމުގެ ބާރު އީޕީއޭ އަށް އޮންނާނެ އެވެ.

ހިޖުރަކުރާ ދޫނި ރާއްޖެ އަންނަނީ ވަރަށް ދުރު ރާސްތާއެއް ކަޑަތުކޮށްފަ އެވެ. އެކި މޫސުންތަކުގައި އެކި ބާވަތްތަކުގެ ދޫނި ރާއްޖެ އަންނައިރު، މޫސުން ބަދަލުވުމާ އެކު އެ ދޫނިތައް އެނބުރި ދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355