twitterviber whatsapp telegramfacebookyoutube instagram
24th September 2026

އެންއައިސީގެ ރައީސަކަށް ގާސިމް

ނަބީލާ އިސްމާޢީލް
Oct 28, 2020
1

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްކަމަށް ގާސިމް އަބްދުލްކަރީމް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައިފި އެވެ.

އެންއައިސީގެ ރައީސް ކަމަށް އައްޔަން ކުރެއްވި ގާސިމަކީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީގެ ހިޔާނާތް ފަޅާއަރުވައިލި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރެވެ. ކަސްޓަމަރެއްގެ އެކައުންޓެއްގެ މައުލޫމާތު އާންމުކޮށް ނަހަމަ ގޮތުގައި ބޭނުން ކުރި ކަމުގެ ކުށް ސާބިތުވެ، އަށް އަހަރާއި 12 މަހަށް ގާސިމް ވަނީ ޖަލަށް ލައިފަ އެވެ. ހުކުމް ތަންފީޒު ކުރުމަށް ފަހު، އޭނާ ދޫކޮށްލާފައި ވަނީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ.

އޭނާ އައްޔަނުކުރެއްވިކަން ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައްޔިތުންގެ މަޖިލީހަށް އަންގަވާފައެވެ.

އެންއައިސީއަށް އައްޔަނުކުރުމަށް ގާސިމް އަބްދުލްކަރީމަށް ރުހުންދޭން ފެންނަކަމަށް މަޖިލީހުން ނިންމީ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މަޖިލީހުގެ 51 މެމްބަރުގެ ވޯޓާއެކު އެވެ.

އެންއައިސީއަކީ ފަސް މެމްބަރުންގެ މައްޗަށް އެކުލެވިފައިވާ ކޮމިޝަނަކަށްވާއިރު ގާސިމްގެ އިތުރުން ކޮމިޝަންގައި މިހާރު ތިއްބަވަނީ އާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާންގެ އިތުރުން ކާނަލް (ރޓޑ) އަހްމަދުޖިހާދު އެކަންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293