twitterviber whatsapp telegramfacebookyoutube instagram
7th July 2025

ކޮވިޑް ވެކްސިން ފޯރުކޮށްދިނުމުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް

Nov 10, 2020

ކޮވިޑް-19 އަށް އިންޑިއާއިން ތައްޔާރުކުރާ ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގައި ރާއްޖެއަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް އިންޑިއާގެ ފޮރިން ސެކްރެޓަރީ ހާރްޝް ވަރްދަން ޝްރިންގްލާ ވިދާޅުވެއްޖެއެވެ.

އިއްޔެ ރާއްޖެއާ ދެމެދު ވެވުނު ހަތަރު އެމްއޯޔީގައި ސޮއިކުރުމަށް ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން ފޮރިން ސެކްރެޓަރީ ވިދާޅުވީ ކޮވިޑް-19 އަށް ވެކްސިން ތައްޔާރުކުރުމުގައި އިންޑިއާގެ ކުންފުނިތަކުން ކުރާ މަސައްކަތް ފާހަގަކޮށްލެވޭ ކަމަށާއި އެ ގައުމުގެ ބޮޑުވަޒީރު، ނަރެންދްރަ މޯދީ ވަނީ އިންޑިއާގެ ވެކްސިން ވެގެންދާނީ ހުރިހާ ގައުމަކަށް ވެސް ފަސޭހަކަމާއެކު އަތްފޯރާ ފަށުގައި ލިބޭނެ ވެކްސިނެއް ކަމަށް ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ގައުމުތަކަށް ވެކްސިން ފޯރުކޮށްދޭ އިރު، ރާއްޖެއަށް ވެކްސިން ފޯރުކޮށްދިނުމުގައި ހާއްސަ އިސްކަމެއް އިންޑިއާއިން ދޭނެ ކަމަށް ފޮރިން ސެކްރެޓަރީ ވިދާޅުވިއެވެ.

ކޮވިޑް-19 އަށް ތައްޔާރުކުރަމުންދާ ވެކްސިންތަކުގެ ތެރެއިން އެ ގައުމުގެ ބާރަތް ބަޔޯޓެކް ކުންފުނިން ތައްޔާރު ކުރަމުންދާ ވެކްސިންގެ ކްލިނިކަލް ޓްރަޔަލްގެ ފޭސް 3 ގެ މަސައްކަތްތައް މިހާރު ފަށާފައިވާއިރު، އެ ކުންފުނީގެ ވެކްސިން އަންނަ އަހަރުގެ ފެބްރުއަރީ މަހު ލޯންޗުކުރެވޭނެ ކަމަށް އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރީސަރޗް (އައިސީއެމްއާރް) އިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355