twitterviber whatsapp telegramfacebookyoutube instagram
26th July 2026

މަޖިލިސް ބަގު ކުރަން އުޅުނު މައްސަލައެއް ބަލަނީ

ނަބީލާ އިސްމާޢީލް
Nov 23, 2020
1

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީސް "ބަގު" ކުރަން އުޅުނުކަމުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފަށައިފި އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މަޖިލީހުގެ ކޮމިޓީ ކޮޓަރިއެއްގައި ދެކެވޭ ވާހަކަތައް އަޑުއެހުމުގެ ބޭނުމުގައި "ބަގު" ކުރުމަށް އާލާތްތަކެއް ހަރުކުރަން އުޅުނު ކަމުގެ މައްސަލައެއް މަޖިލީހުގެ ސާޖަންޓް އެޓް އާމްސް ސަމާލު ކަމަށް ގެންނަވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ކޮޓަރިތައް ބަގްކުރަން ނުވަތަ އެ ތަންތަނުގައި ދައްކާ ވާހަކަތައް ޖާސޫސީ އާލާތްތައް ބޭނުންކޮށްގެން އަޑުއަހަން ފުލުހަކު ގުޅީ މަޖިލީހުގެ އަންހެން މުވައްޒަފަކަށް ކަމަށާއި މަޖިލީހުގެ ސެކިއުރިޓީންނަށް އެ މައުލޫމާތު ދިނީ އެ އަންހެން މުވައްޒަފު ކަމަށެވެ.

އެއާއެކު، އެ މައްސަލަ އިތުރަށް ބެލުމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ގުޅޭ ކޮމިޓީއަށް ނަޝީދު ވަނީ ފޮނުއްވައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355