twitterviber whatsapp telegramfacebookyoutube instagram
8th July 2025

ހެލްތް މިނިސްޓަރުކަމަށް ނަސީމަށް ރުހުން ދީފި

ޚަދީޖާ އާދަމް
Nov 23, 2020
1

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހެލްތް މިނިސްޓަރުކަމަށް އައްޔަންކުރައްވަފައިވާ އަހުމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ހެލްތު މިނިސްޓަރުގެ މަގާމަށް ނަސީމް އައްޔަނުކުރަން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އެކަމަށް މިއަދު ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެންބަރުންގެ އިއްތިފާގުންނެވެ.

ނަސީމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ސޯލިހު ފޮނުއްވާފައިވަނީ މިއަދު މަހުގެ 28 ވަނަ ދުވަހު އެވެ.

އެ މައްސަލަ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ ދިރާސާކޮށް ވަނީ ނަސީމަށް ރުހުން ދޭން ފެންނަކަށް ނިންމައިފަ އެވެ.

ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރަން ހުޅުވާލި ފުރުސަތުގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޗެއާޕާސަން ވިދާޅުވީ ނަސީމަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެއް ބާނީ ނަމަވެސް 1970 ގެ އަހަރުން ފެށިގެން ސިއްހީ ދާއިރާގައި ވަރަށް ޝައުގުވެރިކަމާއެކު ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި ނަސީމް ހެލްތު މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355