twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނުކުޅެދޭ މީހުންނަށްދޭ އިނާޔަތް ބޮޑުކުުރުމަށް އެޗްއާރްސީއެމުން ގޮވާލައިފި

ޚަދީޖާ އާދަމް
Dec 3, 2020

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީގެ ގޮތުގައި ދޭ އިނާޔަތް ބޮޑުކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ގޮވާލައިފި އެވެ.

ނުކުޅެދޭ މީހުންނަށްދޭ އިނާޔަތް ބޮޑުކުުރުމަށް އެޗްއާރްސީއެމްއިން ގޮވާލީ އެ މީހުންނަށް މާލީ އެހީގެ ގޮތުގައި ދޭ އިނާޔަތަކީ އެ މީހުންގެ އަސާސީ ބޭނުންތައް ފުއްދުމަށް އެކަށީގެންވާވަރުގެ އިނާޔަތެއް ނޫން ކަމަށް ބުނެ އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރްސީއެމުން ނެރުނު ބަޔާނުގައި ބުނީ ހައްގުތައް ގެއްލިގެން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 72 މައްސަލައެއް ހުށައަޅާފައިވާކަމަށެވެ. އަދި ގާނޫނުގައިވާ ގޮތަށް ނުކުޅެދޭ މީހުންގެ ދަފްތަރު އެކުލަވާލާފައި ނުވާކަން ފާހަގަވެފައިވާ ކަމަށާއި ވީ އެންމެ އަވަހަކަށް އެކަންކުރުމަށް ވެސް ކަމާ ބެހޭ ފަރާތްތަކަށް ވަނީ ގޮވާލާފަ އެވެ.

އެ ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އާއިލާގެ ފަރާތުން ލިބެންޖެހޭ އަޅާލުން ނުދިނުމާއި، އިހުމާލުގެ މައްސަލަތަކާއި، އެފަދަ މީހުން ދައުލަތުގެ ބެލުމުގެ ދަށަށް ބަދަލުކުރަން އާއިލާއިން އެދިފައިވާ މައްސަލަތައް ވެސް ހިމެނޭ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ދި ދައުލަތުން އިހުމާލުވުމާއި ދޭން ޖެހޭ މާލީ އެހީތެރިކަން ނުދިނުމާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުން މަރުވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ.

ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހުގެ މި އަހަރުގެ ޝިއާރަކީ "ކުރިއަށް ވުރެ ފުރިހަމައަށް ބިނާކުރުން: ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްވާ ހިދުމަތްތަކަށް ފަސޭހައިން ވާސިލްވެވޭ، ދެމެހެއްތެނިވި މުޖުތަމައުއެއް ކޮވިޑް-19 އަށް ފަހު ބިނާކުރުން" އެވެ.

އެ ޝިއާރުގެ މަގްސަދަކީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ އާންމު ހާލަތަކަށް ރުޖޫއަވުމަށް ކުރަމުން އަންނަ މަސައްކަތުގައި ނުކުޅެދޭ މީހުން ބައިވެރިކޮށް ހިދުމަތްތައް ފަސޭހައިން ލިބޭނެ ދެމެހެއްޓެނިވި ގޮތަކަށް ގައުމު ބިނާކުރުމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355