twitterviber whatsapp telegramfacebookyoutube instagram
5th August 2026

ކެނެޑާގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގުރާމް ކުޅުދުއްފުއްޓަށް ތައާރަފްކޮށް، ބައިވެރިވުމަށް ހުޅުވާލައިފި

Dec 7, 2020

އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސަސް (އައިޖީއެސް) އިން ކެނޭޑިއަން ސްޕޭސް އެޖެންސީގެ ޖޫނިއަރ އެސްޓްރޮނޯޓް ޕްރޮގުރާމް މިއަދު ކުޅުދުއްފުއްޓަށް ތައާރަފްކޮށްފި އެވެ. މިއީ މި ޕްރޮގުރާމް މާލޭން ބޭރުގައި ހިންގާ ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް ޕްރޮގުރާމްގެ ދަށުން އައިޖީއެސް އިން ތައާރަފްކުރި މި ޕްރޮގުރާމް ކުޅުދުއްފުށީގައި ކުރިއަށްދާނީ މިމަހު 15 އިން 31 ގެ ނިޔަލަށެވެ.

އައިޖީއެސް އިން ބުނީ، ގުރޭޑް 6 ފެށިގެން 9 ގެ ދަރިވަރުންނަށް ބައިވެރިވެވޭ މި ޕްރޮގުރާމްގައި ފުރަތަމަ ކުރާ ދަރިވަރުންނަށް ކެނޭޑިއަން ސްޕޭސް އެޖެންސީގެ ސެޓްފިކެޓް ލިބޭނެ އެވެ. އަދި އެމެރިކާގެ ޖައްވީ އިދާރާ ނާސާގައި އިތުރު ތަމްރީން ހޯދުމުގެ ފުރުސަތު ވެސް އެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ.

" އަޅުގަނޑުމެން ނަގާނީ ޖުމްލަ 20 ކުދިން. އެންމެ ފުރަތަމަ ފައިސާ ދައްކާ 20 ދަރިވަރުންނަށް ޖާގަ ލިބޭނީ. އަޅުގަނޑުމެންގެ ތަޖުރިބާއަށް ބަލާނަމަ، ހަމަ ފުރަތަމަ ދުވަހުވެސް ޖާގަ ފުލްވެދާނެ." އައިޖީއެސްގެ ޕްރޮގުރާމް ޑައިރެކްޓަރ ފާތިމަތު ފިރުޝާނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެސްޓްރޮނޯޓަކަށް ވުމަކީ ރާއްޖޭގެ ވަރަށް ގިނަ ކުދިންގެ އުންމީދެއް ކަމަށާ އައިޖީއެސްގެ މަސައްކަތަކީ އެ ކުދިންނަށް ފުރުސަތުތައް ހޯދައި ދީ އެކަން ކުރެވޭނެކަން ވިސްނައިދިނުން ކަމަށެވެ. މި ޕްރޮގުރާމް ފުރިހަމަ ކުރާ ދަރިވަރުންނަށް ނާސާގައި އިތުރު ތަމްރީން ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށާ އޭގެ ތެރޭގައި ޒީރޯ ގްރެވިޓީގައި ޓާސްކްތައް ފުރިހަމަ ކުރުމުގެ އަމަލީ ތަޖުރިބާ ހޯދުންވެސް ހިމެނޭ ކަމަށެވެ.

"އެ ހިސާބުން ކުދިންނަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ މި ރޮނގުން ކުރިއަށް ދެވޭނެކަން." ފިރުޝާނާ ވިދާޅުވި އެވެ.

Canadian Space Agency’s Junior Astronaut Program launched in Kulhudhuffushi.

Only 20 seats! Register Now!

https://fs4.formsite.com/M2NRMx/revemlznqd/index.html

Posted by Institute for Global Success on Sunday, December 6, 2020

މި ޕްރޮގުރާމުގައި ދަރިވަރެއްގެ އަތުން 2990 ރުފިޔާ ނެގުމަށް ހަމަޖެހިފައިވާއިރު، އައިޖީއެސްގެ ފޭސްބުކް ޕޭޖް facebook.com/igsmaldives މެދުވެރިކޮށް މި ޕްރޮގުރާމުގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

އައިޖީއެސް އިން ވަނީ ރާއްޖޭގެ ފުރަތަމަ ސްޕޭސް އިފްތިތާހްކޮށް، ފުރަތަމަ ޕްރޮޖެކްޓް އަންނަ އަހަރު ފަށާނެކަން އިއުލާންކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355